Hina ge photo thakah gina baehge samaalukan!
image
ހީނާ
0 ކޮމެންޓް
 

ހީނާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން!

މަޝްހޫރު ޓީވީ އެކްޓްރެސް ހީނާ ހާންގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް ހީނާ ހިއްސާކޮށްފައިވާ ފޮޓޯތަކުން އޭނާ ފެނިގެންދަނީ ހުދު ކުލައިގެ އަތް ދިގު ޓޮޕަކާއެކު ކަޅު އަދި މަޑު މުށިކުލައެއްގެ ޑިޒައިން ސްކާޓެއް ލައިގެން ހުރި މަންޒަރެވެ.

ގިނަ ބަޔަކު އެފޮޓޯތަކަށް ކޮމެންޓް ކޮށްފަިއވާއިރު ހީނާ ވަރަށް ރީތި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި ވައްތަރީ "ބާބީ ޑޯލް" އަކާ ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

View this post on Instagram

🌸

A post shared by Hina Khan (@realhinakhan) on




ހީނާ އަކީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ހިތްތައް ކަތިލަމުން އަންނަ ފަންނާނެކެވެ. އެގޮތުން އޭނާ އަކީ ޒުވާން އަންހެން ކުދިންނަށް ރޯލް މޮޑެލް އެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

މިޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.


"ހެކްޑް" ނަމަކަށް ކިޔާ އެ ފިލްމުގައި ހީނާ ފެނިގެންދާނީ ލޮލުން ފެނުމުން މަހުރޫމު ވެފައިވާ މީހެއްގެ ރޯލުންނެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
ހިޔާލު