Sweden ge rasgefaanuge COOL kan feni thaureef ohenee
image
ސްވެޑަންގެ ރަސްގެފާނުގެ ދެކަނބަލުން ދިއްލީ އެއާޕޯޓުގައި
0 ކޮމެންޓް
 

ސްވިޑަންގެ ރަސްގެފާނުގެ "ކޫލް" ކަން ފެނި ތައުރީފް އޮހެނީ

އިންޑިއާއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅުގައި ސްވިޑަންގެ ރަސްގެފާނު، ކާލް ގުސްތަފް ފޯލްކް ހާބާޓަސް އާއި ރާނީ ސިލްވިއާ ރެނާޓް މިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.
އެއާ އިންޑިއާގެ ފްލައިޓް އޭއައި 168 ބޯޓުގައި ރަސްގެފާނުގެ ދެކަނބަލުން، ސްވިޑަންގެ ސްޓޮކްހޯލްމްއިން ދަތުރުފުޅު ކުރައްވާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށެވެ.

ސްވިޑަންގެ ރަސްގެފާނުގެ ދެކަނބަލުން އެ ގައުމުގެ ގައުމީ އެއާލައިންގެ ބޯޓެއްގައި ދަތުރުކުރެއްވުމުގައި ބަދަލުގައި އިތުރު އެހެން ބަޔަކާއެކު އެހެން ގައުމެއްގެ އެއާލައިނެއްގައި ދަތުރުކުރެއްވުން ވެގެން ދިޔައީ އެތައް ބަޔަކަށް ތަފާތު ކަމަކަށެވެ. އަދި އޭގެ ފަހުން ވެސް ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. އެއީ ދިއްލީގެ އެއާޕޯޓްގައި ރަސްގެފާނު ހުންނެވީ އަމިއްލަފުޅަށް ދަބަސް ވެސް ހިފަހައްޓަވައިގެންނެވެ.

އާންމު ގޮތެއްގައި ގައުމުތަކުގެ ވެރިންނާއި، މަޝްހޫރު ފަރާތްތަކާއި، މުއްސަނދިންގެ ދަބަހާއި އެހެނިހެން ސާމާނު، ހިފަން ވެސް ވަކި ބަޔަކު ތިބޭކަން ފާހަގަކުރެވޭނެ އެވެ. އެކަމަކު ސްވިޑަންގެ ރަސްގެފާނުގެ ފަރާތުން ތަފާތު ކަމެއް ފެނި އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ރަސްގެފާނަށް ތައުރީފް ބަންޑުކޮށްލާފަ އެވެ.

އެގޮތުން ތައުރީފް ކުރި ބައެއް މީހުން ބުނެފައިވަނީ ރަސްގެފާނުގެ އެ އަމަލުން އިންސްޕަޔާވެގެން މަތީ މަގާމުތަކުގައި ތިބޭ މީހުން ވެސް އަމިއްލައަށް އެމީހުންގެ ސާމާނު ހިފައިގެން އުޅޭ ޖެހޭ ކަމަށެވެ.

ދިއްލީއަށް ވަޑައިގަތުމުން ރަސްގެފާނުގެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އެގޮތުން އިންޑިއާގެ ސަގާފަތް ހިމެނޭ ކުޅިވަރު ވެސް ދައްކާލި އެވެ.

ރަސްގެފާނުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ރައީސް ރާމް ނަތު ކޯވިންދާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ވެސް ބައްދަލުކުރައްވާފަ އެވެ.
އިންޑިއާ
ހިޔާލު