Shameem aai gulhey shakuvaa eh oiynama hushahelhumah hulhuvaalaifi
image
ހުސައިން ޝަމީމް -- ފޮޓޯ: ވީނިއުސް
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ޝަމީމާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ހުޅުވާލައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް ފރުސަތު ހުޅުވާލައިފި އެވެ.
ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދުމަށް އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލީހަށް ޝަމީމްގެ ނަން ހުށަހެޅުމާ އެކު މިމައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ އަށެވެ.

އެހެންކަމުން ކޮމިޓީން މިއަދު ވަނީ ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ޝަމީމާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނމަ މިރޭ މެންދަމު 12:20ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

ޝަކުވާ ހުށަހަޅާއިރު ޝަކުވާ ހުށަހަޅާ ފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ އީ-މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށްވެސް ވަނީ އެދިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ނިންމެވީ އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލިސް ޝަމީމް
ހިޔާލު