Taimur Yoga Claahah!
image
ތައިމޫރު ޔޯގާ ކްލާހުގައި
0 ކޮމެންޓް
 

ތައިމޫރް ޔޯގާ ކްލާހަށް!

އަނެއްކާ ވެސް މިއުޅެނީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު، ތައިމޫރުގެ ފޮޓޯއެއް ވައިރަލް ވެގެންނެވެ.
އާންމުވެފައިވާ ފޮޓޯއިން ފެންނަނީ އުމުރުން އެންމެ ދެ އަހަރުގެ ތައިމޫރު، ޔޯގާ ކްލާހެއްގައި އިންދަ އެވެ.

މި ފޮޓޯއަކީ އޭނާ ކިޔަވަމުން އަންނަ ޕްލޭސްކޫލުގައި އޮތް ޔޯގާ ކްލާހެއްގެ ތެރެއިން އާންމުވި ފޮޓޯ އެކެވެ.

ތައިމޫރުގެ އިތުރުން ވެސް އޭނާއާއެކު ކިޔަވަމުން އަންނަ ބައެއް ކުޑަކުދިން އެ ކްލާހުގައި ބައިވެރިވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ ތައިމޫރު، އޭނާގެ މަންމައާއެކު ކައްކާ ކްލާހެއްގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކަކަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ލިބިފަ އެވެ.

ތައިމޫރަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ މަޝްހޫރު ސްޓާ ކިޑެވެ. އޭނާ އުފަންވީއްސުރެ ބޮޑު މަގުބޫލުކަމެއް އޮވެ އެވެ.
ހިޔާލު