Cancer in salaamaiyve alun dhiriulhen furusathu libumun shukuruverivan: Manisha
image
މަނީޝާ--
0 ކޮމެންޓް
 

ކެންސަރުން ސަލާމަތްވެ އަލުން ދިރިއުޅެން ލިބުމުން ޝުކުރުވެރިވަން: މަނީޝާ

ބަތަލާ މަނީޝާ ކޮއިރަލާގެ ހަޔާތަށް ކެންސަރުގެ ބިޔަ ރާޅު ބިންދާލީ 2012 ވަނަ އަހަރު އެވެ.
އޯވަރީ ކެންސަރު ޖެހި ދެ އަހަރު ދުވަހު އެ ވޭނުގައި އުޅުމަށްފަހު އެކަމުން ސަލާމަތްވި ފަހުން އަހަރުތަކެއް ފާއިތުވި ނަމަވެސް އެކަމުން ސަލާމަތްވެ އަލުން ދިރިއުޅުމަށް ފުރުސަތު ލިބުމުން އޭނާ ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

މަނީޝާ ވަނީ އޭނާ ކެންސަރަށް ފަރުވާ ހޯދުމަށް އެނދުމަތި ކޮށްފައިވާ ފޮޓޯއެއްގެ އިތުރުން ފަހުން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި އެކަމުން ސަލާމަތްވެ އާދައިގެ މީހެކޭ އެއްގޮތަށް ދިރިއުޅުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށް ބުނެފަ އެވެ.

މަނީޝާގެ އިތުރުން ވެސް ގިނަ ތަރިންތަކެއް އަންނަނީ ބޮލީވުޑުގައި ކެންސަރާ ހަނގުރާމަ ކުރަމުންނެވެ. މީގެތެރޭގައި ބަތަލާ ސޮނާލީ ބޭދުރޭ، ރިޝީ ކަޕޫރު، ލީޒާ ރޭ، ރާކޭޝް ރޯޝަން އަދި އިރުފާނު ހާން ފަދަ ތަރިން ހިމެނެ އެވެ.

އުމުރުން 49 އަހަރުގެ މަނީ ވަނީ "މަން" އާއި "ދިލް ސޭ" އަދި "ބޮމްބޭ" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.
ހިޔާލު