Raajje aai China ge gulhun badhahi kurumah Concept Paper ga soi koffi
image
"ކޮންސެޕްޓް ޕޭޕާ ފޯ ފްރޭމްވޯކް އޮފް ކޯޕަރޭޝަން" ގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ސާޔާ އަހްމަދު
0 ކޮމެންޓް
 

ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހި ކުރުމަށް "ކޮންސެޕްޓް ޕޭޕާ" ގައި ސޮއިކޮށްފި

ރާއްޖޭގެ ސަރުކާރާއި ޗައިނާގެ ޔޫނާން ޕްރޮވިންސުގެ ސަރުކާރާ ދެމެދު ގުޅުން ބަދަހި ކުރުމުގެ ލިޔުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
"ކޮންސެޕްޓް ޕޭޕާ ފޯ ފްރޭމްވޯކް އޮފް ކޯޕަރޭޝަން" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ މަލްޓިލެޓެރަލް ސެކެޓްރީ ޑރ. އަލީ ނަސީރު މުހައްމަދެވެ. ޔޫނާން ޕްރޮވިންސްގެ ފަރާތުން ސޮއިކުރެއްވީ ފޮރިން އެފެއާޒް އޮފީހުގެ ޑިރެކްޓަ ޖެނެރަލް ޕު ހޮންގް އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ޔޫނާން ޕްރޮވިންސުގެ ގަވަރުނަރު ރުއަން ޗެނެގްފާ އާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު ބައިވެރިވެވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި "ކޮންސެޕްޓް ޕޭޕާ" ގެ ސަބަބުން އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެ އާއި ޗައިނާ ކުރަމުންދާ މަސައްކަތް ފުޅާވެ، ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ.

ހިޔާލު