34 meehunnaa eku dhathuru kuri safari eh giri akah araifi
image
ކޯސްޓް ގާޑު ލޯންޗެއް-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

34 މީހުންނާއެކު ދަތުރު ކުރި ސަފާރީއެއް ގިރިއަކަށް އަރައިފި

ތިރީސް ހަތަރު މީހުންނާއެކު ދަތުރު ކުރި ސަފާރީއެއް ގިރިއަކަށް އަރައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ "އިރުވައި" ނަމަކަށް ކިޔާ ސަފާރީއެއް އދ. މޫފުށީގެ އިރު ދެކުނުން 4.7 ނޯޓިކަލް މޭލް ބޭރުގައި އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެ ސަފާރީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކޯޑަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ސަފާރީގައި 22 ފަތުރުވެރިން އެބަ ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 16:35 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ހިޔާލު