Saudi Ameeru Mutaib avahaara vumun Raees Solih thauziyaa fonuvvaifi
image
ސައުދީ އަރަބިއްޔާގެ އަމީރު މުތައިބް ބިން އަބްދުލް އަޒީޒް އަލް ސައުދު-- ފޮޓޯ: އަރަބް ނިއުސް
ސާޔާ އަހްމަދު
1 ކޮމެންޓް
 

ސައުދީ އަމީރު މުތައިބް އަވަހާރަވުމުން ރައީސް ސޯލިހު ތައުޒިޔާ ފޮނުއްވައިފި

ސައުދީ އަރަބިއްޔާގެ އަމީރު މުތައިބް ބިން އަބްދުލް އަޒީޒް އަލް ސައުދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ރައީސްގެ ތައުޒިޔާގެ މެސެޖު ފޮނުއްވީ ޓްވިޓާ މެދުވެރިކޮށެވެ. ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރަސްގެފާނަށް ތައުޒިޔާ ދަންނަވާފަ އެވެ.

އެ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ އަމީރު މުތައިބުގެ ފުރާނަފުޅަށް ދާއިމީ އަމާންކަން ލިބުމަށް އެދި ﷲ ގެ ހަޒްރަތުގައި ދުއާ ކުރައްވާ ކަމަށެވެ.



ނަވާރަ ސަތޭކަ ތިރީސް އެއްވަނަ އަހަރު އުފަންވެވަޑައިގެންނެވި އަމީރު މުތައިބަކީ ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރެކެވެ.

އަމީރު މުތައިބް ވަނީ 1958 އިން 1961 އަށް މައްކާ ޕްރޮވިންސުގެ ގަވަރުނަރުކަން ކުރައްވާފަ އެވެ. އޭގެ ފަހުން 1980 އިން ފެށިގެން 2009 އާ ހަމައަށް ހުންނެވީ މުނިސިޕަލް އަދި ރޫރަލް އެފެއާޒް މިނިސްޓަރު ކަމުގަ އެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކުރާ ގޮތުގައި އަމީރު މުތައިބްގެ ޖަނާޒާ އޮންނާނީ މައްކާގެ މަސްޖިދުލް ހަރަމް ގައި މާދަމާ އެވެ.
ހިޔާލު

އިހުސާނާ

މަރްހޫމް ގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދެން! ރައީސް ސާލިޙް ގެ މެސެޖް ގައި ކޮންޑޯލަންސް އެ ބަސް ހިމަނަން ޖެހޭނެ ކަމަށް ދެކެން! އަނެއްހެން ސިމްޕަތީ ނޫނީ ހަމްދަރުދީ މިހާރު ބޭނުން ކުރާތަން ނުފެނޭ!