Ranu Mondal ah anekka ves gina baehge malaamaih
image
ރާނޫ
4 ކޮމެންޓް
 

ރާނޫއަށް އަނެއްކާ ވެސް ގިނަ ބައެއްގެ މަލާމާތް

އިންޑިއާގެ ކޮލްކަތާގެ ރެއިލްވޭ ސްޓޭޝަނެއްގެ ބޭރުގައި އިނދެ މަގްބޫލު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ލަވައެއް ކަމަށްވާ "އެކް ޕިޔާރު ކަ ނަގްމާ ހޭ" ލަވަ ކިޔައިގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަންހެނެއް ކަމަށްވާ، ރާނޫ މޮންޑަލަށް އަނެއްކާވެސް މިވަނީ މަލާމާތް ރައްދުވެފަ އެވެ.
މިފަހަރު އޭނާއަށް މަލާމާތް ރައްދުވެފައިވަނީ ލަވައިގެ ލިރިކްސް ހަނދާން ނެތިގެންނެވެ. އެގޮތުން އިވެންޓެއްގެ ތެރެއިން ރާނޫ ކައިރި ލަވައެއް ކިޔަން ބުނުމުން އޭނާ ވަނީ ވަގުތުން އެއްބަސްވެފަ އެވެ. ނަމަވެސް އިރުކޮޅަކު މައިކް ހިފައިގެން ހުރުމަަށްފަހު ލަވައިގެ ލިރިކްސް ހަނދާން ނެތް ކަމަށް ރާނޫ ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ މަލާމާތް ރާނޫ އަށް ރައްދުވިއިރު ބައެއް މީހުން ބުނީ އެފަދަ މީހަކު އިންޑަސްޓްރީގައި މަސައްކަތްކުރަން ހައްގު ނޫން ކަމަށެވެ. އަދި ރާނޫ އަކީ ބޮޑު ޖޯކަރެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އުމުރުން 59 އަހަރުގެ ރާނޫއަށް ފިލްމުތަކުގައި ލަވަ ކިޔުމުގެ ފުރުސަތު ވެސް ލިބެމުން އަންނައިރު އޭނާގެ ފުރަތަމަ ލަވައަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާގެ އިތުރުން ފިލްމު ވެސް ކުޅެމުން އަންނަ ހިމޭޝް ރޭޝަމިއާގެ ކުރިއަށް އޮތް ފިލްމު "ހެޕީ ހާންޑީ އެންޑް ހީރް" އަށް އޭނާ ކިޔާފައިވާ ލަވަ އެވެ. އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ހިޔާލު

ރާނޫ

ނުޖެހެޔޭ ބުނާހާ މީހަކަށް ލަވަ ކިޔާ ދޭކައް

ބޮޑު ހަސަންބެ

ހަނދާން ނެތުމަކީ އުޒުރެއް.

މަލް

ނިކަމެތި މީހާއަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަބަދުވެސް މަލާމާތް ރައްދުވާނެ

1828

ހަނދާން ނެތުން އެއީ މައްސަލައެއް ނޫން.