LGA ge memberunge adhadhu 9 akah ithuru kuran nihmmaifi
image
މަޖިލީހުގެ ކޮމެޓީއެއްގައި އެލްޖީއޭގެ މެންބަރުންތަކެއް: ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

އެލްޖީއޭގެ މެންބަރުންގެ އަދަދު 9 އަކަށް އިތުރުކުރަން ނިންމައިފި

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކްލަ ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު ނުވަ މެންބަރުނަށް އިތުރު ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން އިސްލާހު ގެނެސްފިއެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާދާރީވުމަށްޓަކައި ރައީސް އައްޔަން ކުރާ މިނިސްޓަރާއި، ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާކާރު އަންހެން މެމްބަރަކާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މެމްބަރެއް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި އެކު ޖުމްލަ ފަސް މެންބަރުންނެވެ.

ކޮމެޓީން ވަނީ މި ފަސް މެންބަރުންގެ އިތުރުން، އިތުރު ހަތަރު މެންބަރަކު ބޯޑަށް ލުމަށް ނިންމާފައެވެ. އެގޮތުން އެލްޖީއޭގެ ބޯޑަށް އިތުރުކުރުމަށް ނިންމި ހަތަރު ފަރާތަކީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއްގެ އިތުރުން މާލީ ކަންކަމާ ގުޅޭ ވުޒާރާއިން ކަނޑައަޅާ އެ ވުޒާރާގެ މުވައްޒަފެކެވެ.

ޖުމްލަ ނުވަ މެންބަރުން އެލްޖީއޭގެ ބޯޑަށް ލުމަށް ކޮމެޓީން ނިންމިއިރި ޖެންޑާ އިކުއަލިޓީ ދާއިރާގެ ތަޖުރިބާކާރު އަންހެން މެމްބަރާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޖުރިބާކާރު މެމްބަރާއި، މަދަނީ ޖަމިއްޔާތަކުގެ ފަރާތުން ކަނޑައަޅާ މެމްބަރުު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ލާމަރުކަޒީ ކޮމެޓީ
ހިޔާލު