Jailam maruge mahsalaige sihru hekinnah birudhahkanee
image
. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރު
0 ކޮމެންޓް
 

ޖައިލަމް މަރުގެ މައްސަލައިގެ ސިއްރު ހެކިންނަށް ބިރުދައްކަނީ

ދަރުބާރުގެ ކައިރިން ތޫނު އެއްޗަކުން ހަމަލަދީ ހ. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ސިއްރުހެކިންނަށް ބިރުދައްކާތީ އެމީހުން ހެކިބަސް ދިނުމަށް ހާޒިރު ނުކުރެވިގެން އެމީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޖައިލަމް އަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަދުވަހުއެވެ.

މިއަދުގެ އަޑުއެހުމަކީވެސް ދައުލަތުގެ ފަރާތުން ހެކިން ހާޒިރުކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްގެންވެސް އެ ފަރާތްތައް ހާޒިރުކުރެވިފައިނުވާތީ ޝަރީއަތުން މިއަދު ނިންމާފައިވަނީ ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުން ބުނެފައިވަނީ އެ ތިން ހެކިންނަށް ބިރުދައްކާތީ އެމީހުން ކޯޓަށް ހާޒިރުވާން އުޒުވެރިވާކަމަށެވެ.

މި ތިން މީހުންގެ އިތުރުން އިތުރު މީހެއްގެ ހެކިބަސް ބަލައިނުގަތުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެއީ މަސްތުގެ ހާލަތުގައި ހުރެ ހެކިބަސް ދިންކަމަށް އިއުތިރާފުވެ ސިއްރުހެއްކަކަކު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީއެވެ.

އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ ސިއްރު ހެކީގެ ގޮތުގައި ހަތް މީހެއްގެ ހެކިބަސް ނެގުމަށް ހުށަހަޅާފައެވެ.

ހިޔާލު