60,000 ah vureh mathee ge aabaadhee thakugai 19 Councilerun bahahttanee
image
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މިހާރު
0 ކޮމެންޓް
 

60،000އަށްވުރެ މަތީގެ އާބާދީތަކުގައި 19 ކައުންސިލަރުން ބަހައްޓަނީ

އާބާދީއަށް ބަލާ 60،000އަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބެންޖެހޭ ގޮތަށް އިދާރީ ދާއިރާތަށް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފިއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ނިޔާޒު ރައްޔިތުން މަޖިލީހަށް މި ބިލު ހުށަހެޅިއިރު މިގޮތަށް ބަޔާންކޮށްފައެއް ނުވެއެވެ. މިގޮތަށް ބަޔާންކޮށް ގާނޫނަށް އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ކޮމެޓީން މި ބިލު ދިރާސާ ކުރިއިރުއެވެ.

ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ތިން ސަރަހައްދަކަށް ދީފައިވާއިރު ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ ސިޓީގައި ރެޖިސްޓްރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުންނާއި ދެމެދުގެ އަދަދެއް ކަމުގައި ވާނަމަ މޭޔަރާއި ގާނޫނުން ލާޒިމުކުރާ އަންހެން މެމްބަރުންނާއެކު ހަތް މެމްބަރުން އެ ސިޓީއެއްގެ ކައުންސިލެއްގައި ތިބެންޖެހޭނެ ކަމަށެވެ.

ތިރީސްހާހާއި 60،000 އާއި ދެމެދުގެ އާބާދީއެއް އޮންނަ ކައުންސިލެއް ނަމަ މޭޔަރައި އަންހެން ކައުންސިލަރުންނާއެކު 11 ކައުންސަރުން ތިބެންވާނެކަމަށް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި 60،000 އަށް ވުރެ އާބާދީ ބޮޑުވެއްޖެ ނަމަ 19 ކައުންސިލަރުން ތިބެންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން މިގޮތަށް ނިންމިއިރު ދެން އޮންނަ ކައުންސިލް އިންތިިހާބެއްގައި މާލެ ސިޓީ ކައުންސިލަށް 19 މެންބަރަކު އިންތިހާބު ކުރަންޖެހޭނެއެވެ. އެއީ މާލޭގެ ރަޖިސްޓްރީ 60،000 އަށްވުރެ މަތީގެ އާބާދީއެއް އޮންނާތީއެވެ. މާލެ ސިޓީގައި މިހާރު ތިބެންޖެހޭނެ ކަމަށް ގާނޫނުގައި އޮންނަނީ 13 ކައުންސިލަރުންނެވެ. ނަމަވެސް މިއަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެތަނުން އެއް ކައުންސިލަރަކު އިންތިހާބުވުމުން މިހާރު އެ ކައުންސިލުގައި ތިއްބަވަނީ 12 މެންބަރުންނެވެ.
ހިޔާލު