MDP ge 3 MP aku idhikolhu coalition aai gulhenee!
image
އެމްޑީޕީ ވަނީ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދާފައި-- ފޮޓޯ: މަޖިލިސް
ހައްވާ މުހައްމަދު
0 ކޮމެންޓް
 

އެމްޑީޕީއަށް ނިސްބަތްވާ މަޖިިލިސް ތިން މެމްބަރަކު އިދިކޮޅު ކޯލިޝަނާ ގުޅެނީ!

ސަރުކާރު ހިންގާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތިން މަޖިލިސް މެމްބަރަކު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ސީއެންއެމްގެ "އިތުރުކާފް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތިން މެމްބަރަކު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އޭނާއާ ބައްދަލުކޮށް އެކަމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ތިން މެމްބަރުންނާ ގުޅޭ މައުލޫމާތު ސީއެންއެމްއާ ހިއްސާކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އޭގެ ތެރޭގައި އުތުރަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެމްބަރަކާއި ދެކުނަށް ނިސްބަތްވެވަޑައިގަންނަވާ އެއް މެމްބަރަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި އުތުރަށް ނިސްބަތްވެވަޑައިގަންނަވާ މިނިވަން މެމްބަރެއް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ ތިން މެމްބަރުންގެ ނަން ވިދާޅުވެދެއްވަން އުޒުރުވެވަޑައިގަންނަވާ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

"ވަކި ވަކި މެމްބަރުން، ހަތަރު ބޭފުޅަކު ހަމަ އަޅުގަނޑާ ވެސް ވަކިން ބައްދަލުކުރައްވާ އެބޭފުޅުން އަޅުގަނޑުމެންނާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކުރައްވާފައި އެބަ އޮތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ތިން މެމްބަރުން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވަނީ އެއްވެސް ކަމެއް ޝަރުތުކޮށްފައި ނޫން ކަމަށާއި އެއީ ނިމިދިޔަ ދައުރުގައި މަޖިލިސް ކުރިއަށް ދިޔަ ގޮތާއި ދޭތެރޭ އެ މެމްބަރުން "ފްރަސްޓްރޭޓް" ވެގެން ކަމަށެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި މަސައްކަތް ކުރިއަށް ދިޔަ ގޮތާއި ދޭތެރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލިސް ތެރޭގައި އޮތް ނަމަވެސް މަޖިލިސް ތެރޭގައި، އެ ޕާޓީ ވަނީ ދެބަޔަށް ބެހިފައި ކަމަށާއި، އެމީހުންގެ ތެރޭގައި ގިނަ މައްސަލަތަކެއް އުޅޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ އަދަދަކީ ނުވައެކެވެ. އެއީ ޕީޕީއެމްގެ ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ.
ހިޔާލު