Bus dhuhvamun phone kuri driver ehge license hifahahtaifi
image
ބަސް ދުއްވަމުން ފޯނު ކުރި ޑްރައިވަރު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ބަސް ދުއްވަމުން ފޯނު ކުރި ޑްރައިވަރެއްގެ ލައިސެންސް ހިފަހައްޓައިފި

ބަސް ދުއްވަމުން ފޯނު ބޭނުން ކުރި ބަސް ޑްރައިވަރެއްގެ ލައިސެންސް ހިފަހައްޓައިފި އެވެ.
ލައިސެންސް ހިފަހައްޓާފައިވާ ޑްރައިވަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެއާޕޯޓާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރާ ބަހެއް ދުއްވާ މީހެކެވެ.

އެ މީހާގެ ލައިސެންސް ހިފަހައްޓާފައި ވަނީ ބަސް ދުއްވަމުން ފޯނު ބޭނުން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

އެ ވީޑިއޯއިން ފެންނަނީ ހައިވޭ ސަރަހައްދުގެ ޓްރެފިކަށް ހުއްޓި އިނދެ އެމީހާ ފޯނާއި ކުޅޭ މަންޒަރެވެ. އަދި އެތަނުން ބަސް ނައްޓާލަމުން ވެސް ފޯނުން މީހަކާއި ވާހަކަ ދައްކާ މަންޒަރެވެ. އަދި ބަސް ދުއްވަމުން ދިޔައިރު އެއް އަތުން ފޯނާ ކުޅެން އިން މަންޒަރު ވެސް ފެނެ އެވެ.

އެ ވީޑިއޯ އާންމުކުރި މީހާ ފުލުހުންގެ ޓްވިޓާ އެކައުންޓް ޓެގްކޮށް ވަނީ އެކްސިޑެންޓުތައްވުމުން އެ ވާހަކަ އެންމެން ދައްކާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ފުލުހުން ވަނީ މިއަދު ހެނދުނު އެ ޑްރައިވަރު ޓްރެފިކް ޕޮލިހަށް ހާޒިރުކޮށް ނަސޭހަތްދީ ލައިސެންސް ވެސް ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ.

މީގެ ދުވަސްތަކެއް ކުރިން ވަނީ ހުޅުމާލޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ހިނގާފަ އެވެ. އެގޮތުން އެމްޓީސީސީގެ ބަހަކުން ޖެހި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވިއިރު މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ބަސް ޑްރައިވަރަކު ނިދި ޖެހިފައި އިނދެ ދުއްވި ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ.
އެމްޓީސީސީ ފުލުހުން
ހިޔާލު