Cancer baleegai Nawazuddin ge kokko maru vejje
image
ނަވާޒުއްދީން އާއި އޭނާގެ ކޮއްކޮ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކެންސަރު ބަލީގައި ނަވާޒުއްދީންގެ ކޮއްކޮ މަރުވެއްޖެ

އަށް އަހަރު ކެންސަރު ބަލީގައި އުޅުމަށް ފަހު ބޮލީވުޑުގެ ބަތަލު ނަވާޒުއްދީން ސިއްދީގުގެ ކޮއްކޮ ސިޔާމާ ތަމްޝީ ސިއްދީގު މަރުވެއްޖެ އެވެ.
އުމުރުން 18 އަހަރުގައި ސިޔާމާއަށް ޖެހުނީ އުރަމަތީގެ ކެންސަރެވެ. އިއްޔެ، 26 އަހަރުގައި އޭނާ މަރުވެފައި ވާއިރު އޭނާ މަރުވީ ޕޫނޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ވެއެވެ.

ކޮއްކޮ މަރުވިއިރު ނަވާޒުއްދީން ހުރީ މަސައްކަތެއްގައި އެމެރިކާގަ އެވެ. އެކަމަކު ޖަނާޒާގައި ބައިވެރިވުމަށް އޭނާ އެނބުރި ގައުމަށް ދާނެ ކަމަށް ނަވާޒުއްދީންގެ ބޭބެ މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

އެގޮތުން އޭނާގެ ޖަނާޒާ މިއަދު ބާއްވާނީ އުއްތަރު ޕްރަދޭޝްގައި ހުންނަ އެމީހުންގެ އަވަށް ކަމަށްވާ، ބުދާނާގަ އެވެ.

މީގެ ކުރިން ސިޔާމާ ވަނީ ލަންޑަނުގައި ވެސް ކެންސަރަށް ފަރުވާ ހޯދާފަ އެވެ. އޭރު ނަވާޒުއްދީން ވަނީ އޭނާގެ ކޮއްކޮގެ ހިތްވަރަށް ވަރަށް ތައުރީފްކޮށްފަ އެވެ. އަދި ކޮއްކޮއަށް ހިތްވަރުދިން ޑޮކްޓަރުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ނަވާޒުއްދީނަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. އެގޮތުން އޭނާ ވަނީ ބަޖްރާންގީ ބައިޖާން އާއި ފޮޓޯގްރާފް ފަދަ ފިލްމުތަކުން ވެސް ފެނިފަ އެވެ. މިހާރު އޭނާ އަންނަނީ "ބޯލެ ޗޫޅިޔާން" ފިލްމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާލު