Ihi nagan faibaa ulhenikoh gellunu 2 meehun fenijje
image
ކޯސްޓުގާޑު އުޅަނދެއް--
ފާތުމަތު ރިފާޢަތު
1 ކޮމެންޓް
 

އިހި ނަގަން ފައިބާ އުޅެނިކޮށް ގެއްލުނު ދެ މީހުން ފެނިއްޖެ

އިހި ނަގަން ފައިބައިގެން އުޅެނިކޮށް ގެއްލުނު ދެ ދިވެހިން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓުގާޑުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ވެސް އިހި ނަގަން ފައިބައިގެން އުޅެނިކޮށް ބަޔަކު ގެއްލިގެން ހޯދި އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދު ވެސް ގެއްލިގެން ހޯދާފައި ވަނީ އެ ދޯނީގެ ދެ މީހުން ކަމަށް ވެއެވެ.

މިއަދު ގެއްލުނީ ހދ. ކުޑަމުރައިދޫ ކައިރިއަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ދެ މީހުން ފެނިފައި ވަނީ ގުލްފާމް ލޯންޗާއި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނިކޮށް، ގުލްފާމް ލޯންޗުގައި ހަރަކާތްތެރިވި ޓީމަށް ކަމަށް ވައިކަރަދޫ ކައުންސިލް މެމްބަރު އިބްރާހީމް މުހައްމަދު ސީއެންއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަކުރާރުކޮށް މިފަދަ ހާދިސާތައް ހިނގަން މެދުވެރި ވަނީ އާދަޔާ ހިލާފަށް އޮއި ބާރުވުމުން ކަމަށާއި މި ދުވަސްވަރު ވައިކަރަދޫ ސަރަހައްދަށް މޫސުން ރަނގަޅު ނޫން ކަމަށެވެ.
ހިޔާލު

އިންސާފް

ފެންނަ އިރު ތިބެނި އެއް ގަމުގަތަ؟