Firihenakah jinsee goanaa kuran ulhunu fuluhegge massala balanee
image
ޕޮލިސް ހެޑް އޮފީސް
0 ކޮމެންޓް
 

ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ފުލުހެއްގެ މައްސަލަ ބަލަނީ

ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅުމުގެ ތުހުމަތުގައި ފުލުހަކު ހައްުޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފުލުހެއް ކަމަށެވެ.

އޭނާ ޖިންސީ ގޯނާކުރަން އުޅުނީ 18 އަހަރުގެ ފިރިހެނަކަށް ރޭ 10:50 ހާއިރު ކަމަށެވެ.

މިކަމުގެ ތެރޭގައި މާރާމާރީއެއް ހިނގާފައިވާ ކަމަށާއި އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހާއަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށާއި ހައްޔަރު ކޮށްފައިވާ މީހާގެ އަހްލާގީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ އޮފިސަރު މިހާރު ހުރީ ސަސްޕެންޑުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޕޮލިސް
ހިޔާލު