Sihuru hadhan gengulhunu foiythakeh fuluhun hoadhaifi
image
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފޮތްތައް -- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

ސިހުރު ހަދަން ގެންގުޅުނު ފޮތްތަކެއް ފުލުހުން ހޯދައިފި

ސިހުރު ހަދަން ގެންގުޅުނު ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި ފޮތްތައް ފެނިފައިވަނީ ލ. ގަމު މަތިމަރަދޫ ގެއެއް ބަލައި ފާސްކުރުމުން ކަމަށެވެ.

މި ގެ ބަލައި ފާސްކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކާ އެކު މީގެކުރިން ވެސް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެ އެވެ.
ހިޔާލު