Luthufee aa Humaam menge thalhaalan fashaifi
image
ލުތުފީ އަދި ހުމާމް --
6 ކޮމެންޓް
 

ލުތުފީއާ ހުމާމުމެންގެ ތަޅާލަނީ

ހ.ހާޖަރާގެއާ ހ. ލޮބީ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
ހ، ހާޖަރާގެއަކީ ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް ތަމަޅަށް ޓައިގަރުން ގެނައުމުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުރި އަބްދުﷲ ލުތުފީމެންގެ ގެއެވެ. އަދި ހ. ލޮބީއަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ޝަރުއީ ކޯޓުތަކުން މެރުމަށް ހުކުމް ކޮށްފައިވާ ހުސައިން ހުމާމުންގެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ، އަދި އެ މަސައްކަތް މި ހަފްތާތެރޭ ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ހާޖަރާގެ ތަޅާލުމަށް ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ. ހާޖަރާގެ އަކީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ބަދަލުދީ ދައުލަތަށް ނަގާފައިވާ ގެއެކެވެ.

އެ ގެއާ އެކު އިތުރު 10 ގެއަކަށް ފިޔަވަޅު އަޅައިދިނުމަށް ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވެއެވެ. އެ ތަންތަނަކީ، ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ރުއްދޮށިގެ އަދި މ. ރަބީއުވިލާ އެވެ.

މި ގެތަށް ތަޅާލަށް ނިންމާ އެ މަސައްކަތް ފަށާފައި މިވަނީ މާލޭގެ ބައެއް ގެތައް ދުވަސްވުމުގެ ސަބަބުން އެގެތަކުގެ ބައިބައި ވަކިން ނެއްޓި މީހުންނަށް ބައެއް އަނިޔާތައް ވަމުންދިއުމުގެ ސަބަބުންނެވެ.

ހިޔާލު

ޢަނމަަޑޭ

މަށައްކީއް

އަހުމަދު މަނިކު

ބާވެ ވީރާނާވެ މީހުންގެ ފުރާނަޔަށް ގެއްލުންވެފައިވާ ގެތަކުގެ ލިސްޓްއި މ.ހޯރަ ގެހިމެނިފައިނެތުމަކީ ހިތާމަހުރި ކަމެއް. މިކަމުއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން އިހުމާލުވާންޖެހޭނެ.

ހުސޭނުބޭ

މަ ބަލާނަން ތިޔަފިޔަވަޅު އަޅާތަން ދުނިޔޭގަ ހުރިއްޔާ

އަލީސް

އެހެންވީމަ ތަޅާލަން ވީމަ ހައުސިން އަންނަންދެން މަޑުކުރަންވީ ދޯ. ހާދަ ލާރިއެކޭ ތިސޭވްކޮށްދެނީ މުޖުރިމުންނަށް

ޙުސޭން

މިއިން އެނގެނީ އާކިޓެކްޗަރ އާއި އިޖުތިމާޢީ މައްސަލަތަކާއި ހުރި ގުޅުން.

ގެތަށް

ގެތަށް.