Gehligen hodhamun dhiya kuhjja heynethifai ohvaa fenihjje
image
0 ކޮމެންޓް
 

ގެއްލިގެން ހޯދި ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ

މާފުށިން ގެއްލިގެން ހޯދިކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެއެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ސީއެންއެމްއަށް ވިދާޅުވީ ހޯދަމުން ދަނިކޮށް އަންހެން ކުއްޖާ ފެނުނީ ގަރާޖެއްގެ ތެރޭގައި އޮއްވައި ކަމަށެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނެތް ނަމަވެސް، މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ހޭނެތިފަ އޮއްވާ ފެނުނީ ގަރާޖެއްގަ. އެއީ ކުރިން ކައުންސިލުން ޕިކަޕުފަދަ ތަކެތި ލާން ގެންގުޅުނު ގަރާޖެއް. ބޭފުށުންވެސް ެއެއްވެސް އަނިޔާއެއް ފެންނާކަށް ނެތް،"


ގެއްލިގެން ހޯދަމުން ދަޔައީ މާފުށީ ސުކޫލުގެ ގުރޭޑް 8 ގައި ކިޔަވާ، ފާތިމަތި ޝިފްރާ މުޙައްމަދެވެ.

މާފުށީ ކައުންސިލުން ބުނެފައިވަނީ އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ހަވީރު ކަމަށެވެ

މާފުށި
ހިޔާލު