BML ge Business Center eh hulhumale gai hulhuvaifi
image
ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.
މި ބިޒްނަސް ސެންޓަރު ހުންނަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނާޓަސް އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ. އެތަން ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީތާއި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ އެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ބިޒްނެސް ސެންޓަރާއެކު ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކާއި ހާއްސަކޮށް އެސްއެމްއީ ވިޔަފާރިތަކަށް ގާތުން ހިދުމަތް ދެވޭނެ ކަމަށެވެ.

ޓިމް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލުން މަސައްކަތް ކުރަނީ ދިވެހި ވިޔަފާރިތަކާ ވީހާ ވެސް ގާތުން ހިދުމަތްތައް ދިނުމަށް ކަމަށެވެ.

ހުޅުމާލޭގައި ބީއެމްއެލްގެ ބިޒްނަސް ސެންޓަރު ގާއިމުކުރިއިރު މާލެ އާއި އައްޑޫގައި ވެސް އަންނަނީ ބިޒްނަސް ސެންޓަރުގެ ހިދުމަތް ދެމުންނެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އެންމެ އުތުރުން ހދ. ކުޅުދުއްފުށީގައި ވެސް ބިޒްނަސް ސެންޓަރެއް ގާއިމުކުރާނެކަން ބީއެމްއެލްގެ ސީއީއޯ ވިދާޅުވެ އެވެ.

ކުރި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިދިޔަ އަހަރު ހާއްސަ ޑިޕާޓްމަންޓެއް އުފެއްދިއިރު އެ ޑިޕާޓްމަންޓާއެކު އަމާޒަށް ވާސިލުވަމުން އާދެވޭކަން ވެސް ބީއެމްއެލުގެ ސީއީއޯ ފާހަގަ ކުރައްވަ އެވެ.
ބީއެމްއެލް ވިޔަފާރި
ހިޔާލު