Bangi ge adu madu kuran City Councilun naangan: Shifa
image
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ބަންގީގެ އަޑު މަޑުކުރަން ސިޓީ ކައުންސިލުން ނާންގަން: ޝިފާ

މާލޭގެ އެއްވެސް މިސްކިތެއްގައި ބަންގީގެ އަޑު މަޑުކުރަން އިމާމަކަށް އަންގާފައި ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޭޔަރު ޝިފާ މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ. އެގޮތުން ޓްވީޓާ މެދުވެރިކޮށް ޝިފާ ޓެގް ކުރައްވާ މީހަކު ކުރި ޓްވީޓެއްގައި ވަނީ އާންމު މަސްލަހަތަށް ކަމަށް ބުނެ މާލޭގެ އެއްވެސް މިސްކިތެއްގެ ބަންގީގެ އަޑު މަޑުކުރުމަށާއި އަދި ނަމާދު ކުރާ ވަގުތު އަޑު މަޑުކުރަން އެއްވެސް މިސްކިތެއްގެ އިމާމަކަށް ސިޓީ ކައުންސިލުން އަންގާފައިވާނެތޯ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި މޭޔަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މެމްބަރު މުހައްމަދު ފަޒީން އާއި މެމްބަރު އަހުމަދު ޒަމީރު މިސްކިތްތަކުގެ ކަންކަމާ ބެހޭ ކޮމެޓީގައި ތިއްބަވާކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ އާންމު މަސްލަހަތަށް އުނދަގޫވާކަމަށް ބުނެ ނަމަވެސް މާލޭގެ އެއްވެސް މިސްކިތެއްގެ ބަންގީގެ އަޑު މަޑުކުރުމާ ގުޅޭ ކަމެއް ކައުންސިލުގައި މަޝްވަރާ ވެސް ކުރެވިފައި ނުވާ ކަަމަށެވެ.
ހިޔާލު

Mohamed riza

ޝިފާ ނޫސްވެރިން ގެނަސްފަ ބުނެބަލަ ކޮންމެ ދުވަހަކު 5ފަހަރު މިސްކިތް ތަކުގައި ބަންގި ގޮވްންވީ އަޑުގަދަކޮށް ނަމާދުވެސް ކުރަންވީ އަޑުގަދަކޮށް ދިވެހިންނަކަށް އުދަގުލެއް ނުވާނެ ކޮންމެ މިސްކިތެއްގައި ބަންގިގޮވުމާ ނަމާދު ކުރުމާ އެކު 22 މިނިޓް