Ppm ge primary anna mahuge 24 vana dhuvahugai onnane: Muizzu
image
ފޮޓޯ: ޕީޕީއެމް
ފާތުމަތު ރިފާޢަތު
2 ކޮމެންޓް
 

ޕީޕީއެމްގެ ޕްރައިމަރީ އަންނަ މަހުގެ 24 ވަނަ ދުވަހުގައި އޮންނާނެ

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވޯޓުލުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގައި އޮންނާނޭ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދެ ޕާޓީގެ ޖޮއިންޓް ބައްދަލުވުމަށް ފަހު އެ ކޯލިޝަނުން ވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރުމަށް ނިއްމާފައި ކަމަށެވެ.

އަދި މި ކަމަށް ޝައުގުވެރިވާ ޕީޕީއެމްގެ މެމްބަރުންނަށް މާދަމާއިން ފެށިގެން ޕީޕީއެމްގެ އޮފީހުންނާއި ރަށްރަށުގެ ޕީޕީއެމް އޮފީހުން ފޯރމު ލިބޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ފުރުސަތު ހުޅުވާލުމާއެކު ކައުންސިލްތަކުގެ ގޮނޑިތައް ހުންނަ ވަރަށް ވުރެ ގިނައިން ކުރިމަތިލާކަމުގައި ވަނީ ނަމަ އެ ތަނަކަށް ވާދަ ކުރާ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބާއްވާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އެއްވެސް އިސްތިސްނާއެއް ނެތި ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ޕްރައިމަރީ އޮންނާނެ ކަމަށާއި ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތަށް އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ފުރުސަތު ހުޅުވާލުމުން ޕީޕީއެމްގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކަށް އެ މީހަކު ވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ޕްރައިމަރީއަށް ކުރިމަތިލުމުގެ ސުންގަޑިއަކަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ސުންގަޑި ހަމަވަންދެން ޕްރައިމަރީގައި ވާދަ ކުރުމަށް ޕާޓީގެ ކޮންމެ މީހަކަށް ފުރުސަތު އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއަށް ފަހު ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ހުޅުވާނެ ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގައި ޕީޕީއެމްގެ ޕްރައިމަރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވާނެ ކަމަށެވެ.
ހިޔާލު

ހުކޫމަތު

އަހާން ޕޕޕ އިން ޕްރައިމަރީވެސް ބާއްވާތަ ތީ ޓިކެޓް ބަހާ ޕާޓީއެއްނު

ޔާމީނު

ކާކު ތިބޭޅާއާ ޕީ ޕީ ހަވާލުކުރީ؟