Anbulhain libey siyhee faaidhaathah ingeytha?
image
އަނބުޅަ-- ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

އަނބުޅައިން ލިބޭ ސިއްހީ ފާއިދާތައް އިނގޭތަ؟

އަނބުޅަ އަކީ ހުތް ފޮނި، މޭވާ އެކެވެ. އަނބާއި ވައްތަރު ގޮތެއް ހުންނަ މި މޭވާ އަކީ ދިވެހިރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ މޭވާގެ ބާވަތެކެވެ.
އަނބުޅަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވޭ މޭވާ އެކެވެ. އަނބުޅަ ދޮންވުމުން ހުންނާނީ ރީނދޫ ކުލައިގައެވެ.

އަނބުޅައިން ލިބޭ ސިއްހީ ފައިދާތައް:

• އަނބުޅަ އަކީ ކެލޮރީ ވަރަށް މަދުން ލިބޭ މޭވާ އެކެވެ. 100 ގުރާމްގެ އަނބުޅައިގައި ހުންނަނީ ގާތްގަނޑަކަށް 29 ކެލޮރީ އެވެ. އަނބުޅައިގައި 100 ގުރާމްގައި 64 ކެލޮރީ ހުރެ އެވެ. ހަކަތަ ނުވަތަ ކެލޮރީ މަދު އަނބުޅަ ކެއުމުން، ބަނޑުހައިކަން ފިލުވައިދީ، ގިނައިރު ބަނޑުހައި ނުވެ، ހިފަހައްޓައި ދެއެވެ.

• އަނބުޅަ އަކީ ފައިބަރުން މުއްސަދި މޭވާ އެކެވެ. އަނބުޅައިގެ 100 ގުރާމްގައި 5.7 މިލިގްރާމްގެ ފައިބަރު ހުރެއެވެ. އެއީ ދުވާލަކަށް މީހަކަށް ބޭނުންވާ މިންވަރުގެ 23 އިންސައްތަ އެވެ. ފައިބަރަކީ ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ވައްތަރެކެވެ. މިއީ ހަޖަމުކުރަން އުދަނގޫ މާއްދާ އެކެވެ. އެހެންކަމުން ފައިބަރުގެ ސަބަބުން، ބޮޑުކަމުދާ ތަކެތީގެ މިންވަރު އިތުރުކޮށް، ގޮހޮރުގެ މަސައްކަތް ހަލުވިކޮށް، ބަނޑުހިކުމުން ހިމާޔަތްކޮށް ރައްކާތެރިކޮށް ދެއެވެ.

• އެންމެ އަނބުޅައެއް ކާލުމުން ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ ½ ލިބެއެވެ. ގާތްގަނޑަށް 100 މިލިގްރާމްގެ އަނބުޅައިގައި 34 މިލިގްރާމްގެ ވިޓަމިން ސީ ހުރެއެވެ.

• ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން އުފުލުމުގައި ބޭނުންވާ ދަގަނޑުގެ ބައި އަނބުޅައިގައި ގިނަ މިންވަރަކަށް ހުރެއެވެ. ލޭމަދުވުމުގެ އެންމެ އާންމު ވައްތަރަކީ ދަގަނޑު އުނިވެގެން ލޭމަދުވުން ކުރިމަތިވާ ވައްތަރެވެ.

މީގެ އިތުރުންވެސް އަނބުޅައަކީ ހޫނުވެގެން ސްޓްރޯކް ޖެހުމުން ފަރުވާކުރުމުގައި ބޭނުން ކުރެވޭ މޭވާ އެކެވެ. އަދި މޭނުބައިކޮށް ހޮނޑުލުމަށްވެސް އެހީވެދީ ހަކުރު ބައްޔަށްވެސް މި މޭވާއިން ފަރުވާކޮށް އުޅެއެވެ.
އަނބުޅަ ސިއްހަތު
ހިޔާލު