Huvafenthah hageegathakah hadhaanegoth professor Ugeil kiyaadhehvaifi!
image
ޕްރޮފެސާ އުގެއިލް: ފޮޓޯ އުގެއިލް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ހުވަފެންތައް ހަގީގަތަކަށް ހަދާނެގޮތް ޕްރޮފެސާ އުގެއިލް ކިޔާދެއްވައިފި!

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރާނެ މަސައްކަތް ޕްރޮފެސާ އުގެއިލް ކިޔާދެއްވައިފިއެވެ.
އުގެއިލް މިއަދު އާންމުކުރެއްވި ވިދާޅުވެފައިވަނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ވަނީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތްކަމަށެވެ.

މިގޮތުން އުގެއިލް މިއަދު ވަނީ އުމުރުން ހަތް އަހަރުގެ ކުޑަކުއްޖަކު ގޫގުލްއާއި ގުޅުނުގޮތުގެ ވާހަކަ ކިޔާދެއްވައިފައވެ.

އުގެއިލް ވިދާޅުވެފައިވަނީ އިނގިރޭސިވިލާތަށް އުފަން އުމުރުން އެންމެ ހަތް އަހަރުގެ ކްލޮއީ ބްރިޖްވޯޓާ ނަމަކަށް ކިޔުނު ތުއްތު ކުއްޖަކު ގޫގްލުގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރިވަރު ބަޔާންކޮށް އޭނާ އަމިއްލަ އަތުން ލިޔުނު ސިޓީއަކަށް ގޫގްލުގެ އިސްވެރިޔާ ސުންދާރު ޕިޗާއީގެ ސަމާލުކަން ލިބިގެންދިއުން ވެގެންދިޔައީ ގިނަބަޔަކަށް ބޮޑު ހައިރާން ކުރުވަނިވި ކަމަކަށެވެ.

"އާއެކެވެ. އުމުރުން އެންމެ ހަތް އަހަރުގެ ތުއްތު ކުއްޖަކު އެފަދަ ސިޓީއެއް ދުނިޔޭގެ ނަން ހިނގާ ބޮޑު ކުންފަކަށް ފޮނުވަން ވިސްނައި ފިކުރުކޮށް އޭގައި އަމަލީ ކުލަ ޖެއްސުމަކީ ހަގީގަތުގައި ވެސް އާދައިގެ ކަމެއް ނޫނެވެ.
ހަމަ އެހެންމެ، އެ ކުންފުނީގެ އިސްވެރިޔާ އެފަދަ ސިޓީއަކަށް ނަޒަރު ހިންގައި އެއަށް ޖަވާބެއް އެރުވުމަކީ ވެސް ހަމަ އެފަދަ އާދަޔާ ހިލާފު ކަމެކެވެ. އަދި ހަމަ އެހެންމެ، އެސިޓީގެ ޖަވާބުގައި ޕިޗާއި ލިޔުއްވި ވާހަކަތަކުން
ވެސް ވަރަށް ބޮޑު އިބުރަތެއް އަޅުގަނޑުމެންނަ ހާސިލު ކުރެވެ އެވެ.،" އުގެއިލް މިއަދު ލިޔުއްވާފައިވެއެވެ.

އަދި ކްލޮއީ، ފޮނުވި ސިޓީގެ ޖަވާބުގައި ޕިޗާއް ވިދާޅުވި އެވެ. "ގަދަ އަޅައި މަސައްކަތް ކޮށްފި ނަމަ، ބޭނުންވާ މަންޒިލަށް ވާސިލު ވުމަކީ ވަރަށް ވެސް ފަސޭހަ ކަމެއް ކަމަށް ވިދާޅުވެފައިވާކަމަށް އުގެއިލް ލިޔުއްވާފައިވެއެވެ.

"އަދި އެކަމުގައި ތެދު ނިޔަތާއި އެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް އެމީހަކު ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހެދޭނެކަން ކަށަވަރެވެ. އެއީ އޮލިމްޕިކްގެ ފެތުމުގެ ރޭހެއްގައި ބައިވެރިވެ ވަނައެއް ހޯދުން ނުވަތަ ގޫގުލްގައި ވަޒީފާ އަދާކުރުން ކަމުގައި ވީނަމަ ވެސްމެއެވެ. އަދި ކިޔަވައި ނިމިގެން، ގޫގުލްގެ ވަޒީފާއަށް އެދި ސިޓީ ފޮނުވާނެކަމުގެ އުއްމީދުގައި ހުރިކަމަށް ވިދާޅުވެ، ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުންފުނީގެ ވެރިޔާ، ޕިޗާއި ވަނީ ތުއްތު ކްލޮއީއަށް ހިތްވަރު ދެއްވާފައެވެ."

އުގެއިލް ވިދާޅުވެފައިވާގޮތުގައި އޭނާ ގަބޫލު ކުރައްވާގޮތުން ޕިޗާއީގެ ޖަވާބު އެހާމެ އިބުރަތްތެރި ވެސް މެއެވެ. އެހެނީ ކަމަކަށް އެދި އެއާ ގުޅޭ ހުވަފެނެއް ތިމާގެ ސިނކުޑީގައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހަމައެހެންމެ، އެކަމަށް ގަދައަޅާ މަސައްކަތް ކުރުމަކީ އަދި އެއަށްވުރެ ވެސް މުހިއްމު ކަމެކެވެ. ޕިޗާއީގެ ޖަވާބުން ވެސް ހާމަވެގެން ދިޔައީ ގޫގުލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމެވް ޕްރޮފެސާ ވަނީ ވިދާޅުވެފައެވެ.

އެކަމަކު އެކަން ހަގީގަތަކަށް ހެދޭނީ އެފަދަ ވަޒީފާއެއްގެ ބޭނުމުގައި އެކަމަށް ގަދައަޅާ މަސައްކަތްތަކެއް ވެސް ކޮށްގެން ކަމަށް ވެސް އުގެއިލް ވަނީ ވިދާޅުވެފައެވެ.

"އެހެންގޮތަކަށް ދަންނަވަނީނަމަ، ތުއްތު ކްލޮރީ އަށް އޭނާގެ ހުވަފެނީ ވަޒީފާ ކާމިޔާބު ކުރުމަށް ހިތްވަރު ދެއްވުމުގެ އިތުރުން އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެ ހުވަފެންތަކުގެ މަތީގައި ސާބިތުކަމާ އެކު ދެމި ހުރުމަށް ޕިޗާއި ވަނީ ނަސޭހަތްތެރި ވެފަ އެވެ."

އުގެއިލް ވިދާޅުވެފައިވަނީ މީހެއްގެ އުފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާ އެކެވެ. އެހެން މީހުންނަށް އެފަދަ ކަމެއްގައި ނަސޭހަތާއި ހިތްވަރު ދެވިދާނެ އެވެ.

އެހެނަސް، އެފަދަ ކަމެއްގައިއަމަލީ ކުލަ ޖައްސަން ބުރަ މަސައްކަތް ކުރަން ޖެހޭނީ ތިމާ އަމިއްލަ އަށެވެ. މިއީ އަޅުގަނޑުމެން ދަރިންނަށް ނަގައިދޭން ޖެހޭ މުހިއްމު ފިލާވަޅެކެވެ. ހަމައެހެންމެ، މިއީ އަޅުގަނޑުމެން އަމިއްލައަށް ވެސް ދަސްކުރަން ޖެހޭ މުހިއްމު ފިލާވަޅެއްކަމަށެވެ.

ހިޔާލު