United Balikoh City League Cup Ge Final Aa Gaathah
image
ސީއެންއެމް
0 ކޮމެންޓް
 

ޔުނައިޓެޑް ބަލިކޮށް ލީގު ކަޕުގެ ފައިނަލާ ގާތަށް ސިޓީ

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޔުނައިޓެޑްގެ ރަސްމީ ދަނޑުގައި ރޭ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ސިޓީއިން ފައިނަލުގެ އުއްމީދު ބޮޑު ކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީ ވާދަކުރި މި މެޗު ސިޓީން މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. ފައިނަލުގެ ޖާގަ ހޯދުމަށް މި ދެ ޓީމު ވާދަކުރާ ދެވަނަ ލެގު އޮންނާނީ ސިޓީގެ ދަނޑުގައި މި މަހުގެ ފަހުކޮޅުއެވެ.

ލީގު ކަޕުގެ ފައިނަލުން ޔުނައިޓެޑަށް ފުރުސަތު ލިބޭނީ ދެ ވަނަ ލެގުގައި، ތިން ލަނޑުގެ ތަފާތުން ސިޓީ ބަލިކޮށްގެނެވެ. ލީގުގައި މި ދިޔަ މަހު ސިޓީގެ ދަނޑުގައި ޔުނައިޓެޑުން ކުރި ހޯދާފައިވާތީ ދެވަނަ ލެގުގެ ފޯރި ގަދަވާނެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ލަނޑުތައް ޖަހާފައިވަނީ ބެނާޑޯ ސިލްވާ ރިޔާދު މާރޭޒް އެވެ. ސިޓީގެ ފަހު ލަނޑަކީ ޔުނައިޓެޑްގެ އަންޑްރެއަސް ޕެރޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔުނައިޓެޑަށް ސުން ކަނޑުވާލަ ދިނީ ދެވަނަ ހާފުގައި މާކަސް ރެޝްފޯޑް އެވެ.

އިނގިރޭސި ލީގު ކަމުގެ ފައިނަލްގެ ޖާގައަށް ދެން ވާދަކުރަނީ ލެސްޓަރސިޓީއާ އެސްޓަންވިލާއެވެ. މި ދެ ޓީމުގެ ސެމީގެ ފުރަތަމަ ލެގު މިރޭ އޮންނާނެއެވެ.
ހިޔާލު