Inter Office Handball Mubaaraathugai 26 Team
image
ސީއެންއެމް
0 ކޮމެންޓް
 

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގައި 26 ޓީމް

5 ވަނަ އިންޓަރއޮފީސް ހޭންޑްބޯލް މުބާރާތުގައި 26 އޮފީހަކުން ބައިވެރިވެއްޖެއެވެ.
އެއީ އެއްވަނަ ޑިވިޝަން ފިރިހެން ބައިގާ 3 ޓީމް، އަދި ދެވަނަ ޑިވިޝަންގައި ފިރިހެން 15 ޓީމާއި އަންހެން 24 ޓީމެވެ. އެއްވަނަ ޑިވިޝަން އަންހެން އެއްވެސް ޓީމެއް މި ފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެއެވެ.

5 ވަނަ އިންޓަރ އޮފީސް މުބާރާތް ފެށުމަށް، ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގަސްދުކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ. މުބާރާތުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާއިރު، މުބާރާތުގެ ގުރުއަތު ނަގާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

މުބާރާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ޝަރުއީ ދާއިރާގެ ބައެއް ޓީމްތަކާއި މިނިވަން މުޢައްސަސާތަކުންވެސް ބައިވެރިވެފައިވެއެވެ.
ކުޅިވަރު ހޭންޑްބޯލް
ހިޔާލު