BG aa Valencia Eh Group Akah
image
ސީއެންއެމް
0 ކޮމެންޓް
 

ދެވަނަ ޑިވިޝަންގައި ވެލެންސިއާ އާއި ބީޖީ އެއް ގްރޫޕަކަށް

ކުލަބް ވެލެންސިއާ، ބީޖީ ސްޕޯޓްސް ކުލަބު ދެވަނަ ޑިވިޝަން މުބާރާތުގައި އެއް ގުރޫޕަކަށް ލައްވާލައިފިއެވެ.
އަންނަ ހަފުތާ ތެރޭ ފެށުމަށް ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން މުބާރާތުގައި ނުވަ ޓީމަކުން ވާދަކުރެއެވެ.

ދެވަނަ ޑިވިޝަން މުބާރާތް ކުރިއަށް ގެންދަން އެފްއޭމުން ރާވާފައިވާ ފޯމެޓަކީ ނުވަ ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕެއްގެވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅުވާ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. އަދި ކްރޮސް ސެމީއެއް ކުޅުމަށް ފަހު ފައިނަލަށް ދެ ޓީމު ދާނެއެވެ. ފައިނަލުން މޮޅުވާ ޓީމެއް އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނަށް ދާއިރު، ފައިނަލުން ބަލިވާ ޓީމެއް ޖެހޭނީ ދިވެހި ލީގުން ފުލަށްދާ ޓީމަކާއި އެކު ޕްލޭ އޮފް ދެ މެޗު ކުޅޭށެވެ. މި ދެ ލެގުގެ އެގްރިގޭޓުން މޮޅުވާ ޓީމުވެސް އަންނަ ސީޒަންގައި ކުޅޭނީ އެއްވަނަ ޑިވިޝަންގައެވެ.

ފަސް ފަހަރު ދިވެހި ލީގު ކާމިޔާބުކޮށްފައިވާ ދިވެހި ފުޓްބޯޅައިގެ ރަންޒަމާނުގެ ގަދަ ބާރު، އެހެންނަމަވެސް މިހާރު ރެލިގޭޓްވެފައިވާ ވެލެންސިޔާއާ އެކު އެއް ގްރޫޕެއްގައި ލައްވާލީ ކުރިން އެއްވަނަ ޑިވިޝަންގައި ކުޅުނު ބީޖީ ސްޕޯޓްސްއާ ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ކްލަބު ޕީކޭއެވެ.

އަނެއް ގްރޫޕުގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާ، ޖޭޖޭ ސްޕޯޓްސްއާ، ސުޕަރ ޔުނައިޓެޑް ސްޕޯޓްސްއާ މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުވެ. ޒުވާން ގައުމީ މިފަހަރުގެ ދެވަނަ ޑިވިޝަނުގައި ބައިވެރި ކުރުމަށް ނިންމީ ރަނގަޅު ތަޖުރިބާތަކެއް ހޯދުމުގެ ގޮތުން ކަމަށާއި ޓީމު އެއްބައިވަންތަ ކަމާ އެކު ދެމެހެއްޓުމަށް ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ.
ހިޔާލު