Shaahee aailaage dhebasvun: Raanee Elizabeth emme fahun mashvaraa ah
image
އިނގިރޭސި ޝާހީ އާއިލާ--
0 ކޮމެންޓް
 

ޝާހީ އާއިލާގެ ދެބަސްވުން: ރާނީ އެލިޒަބަތު އެންމެ ފަހުން މަޝްވަރާއަށް

އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައި އުފެދިފައިވާ ދެބަސްވުން ހައްލު ކުރުމަށް ރާނީ އާއި އެ އާއިލާގެ އެހެން އިސް މެމްބަރުން މާދަމާ މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.
ޝާހީ ގަނޑުވަރުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ޕްރިންސް ހެރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ވަގުތު ކެނެޑާގައި ހުންނެވި އަނބިކަނބަލުން މޭގަން ވެސް ފޯނު މެދުވެރިކޮށް މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޕްރިންސް ހެރީ އާއި މޭގަން މިދިޔަ ހަފްތާގައި ވަނީ ޝާހީ އާއިލާގެ އިސް މެމްބަރުންގެ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ދެމަފިރިން ނުފެންނާނެކަން އިއުލާންކުރައްވާފަ އެވެ.

އަދި އެ ދެމަފިރިންނާއި އަށް މަހުގެ ދަރިފުޅު، އާޗީގެ ވަގުތު ދެން ހޭދަ ކުރާނީ ކެނެޑާ އާއި އިނގިރޭސިވިލާތުގައި ބަހާލައިގެން ކަމަށް ވެސް އިއުލާންކޮށްފައި ވެއެވެ.

އެކަމަކު އެއީ ރާނީ އެލިޒަބަތު ބޭނުންވެވަޑައިގަންނަވާ ގޮތެއް ނޫނެވެ. އެހެންކަމުން މާދަމާގެ ބައްދަލުވުމަކީ ޕްރިންސް ހެރީ އާއި މޭގަން ގެ ނިންމެވުން ބަދަލުކުރުމާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިން ހެރީ އާއި މޭގަން އެގޮތަށް ނިންމަވާފައި ވަނީ ރާނީއަށް އެންގުމެއް ނެތި އެވެ. އަދި އެ ނިންމުމުގެ ސަބަބުން ޝާހީ އާއިލާ ވަރަށް ބޮޑަށް "ދެރަވެފައިވާ" ކަމަށް ވެއެވެ.
އިނގިރޭސި ވިލާތް
ހިޔާލު