Iran ga hunna UK safeeru hayyaru koffi
image
އީރާނުގައި އޮތް އެއްވުމެއް--
1 ކޮމެންޓް
 

އީރާނުގައި ހުންނަ އިނގިރޭސި ސަފީރު ހައްޔަރުކޮށްފި

އީރާނުގައި ހުންނަ އިނގިރޭސި ސަފީރު، ރޮބް މެކެއާ ހައްޔަރު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ހިންގި އަމަލެއް ކަމަށް އިނގިރޭސި ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވިދާޅުވެއްޖެ އެވެ.
ރޮބް މެކެއާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު ވެއްޓުނު ފްލައިޓުގައި ތިބި މީހުންގެ ހަނދާނުގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވުމަށް ފަހު އެވެ. އޭނާ ވަނީ އެތަނުގައި ހަމަނުޖެހުން އުފުދުމުގެ ކުރިން ގޮސްފަ އެވެ.

ނަމަވެސް އީރާނުން ވަނީ އޭނާ ހައްޔަރު ކުރުމަށް ފަހު، އެއްވުމެއް ރޭވިކަމުގެ ތުހުމަތުކޮށްފަ އެވެ. ވިއެނާ ކޮންވެންޝަނުގައިވާ ގޮތުން އެއްވެސް ގައުމެއްގެ ޑިޕްލޮމެޓެއް ހައްޔަރެއް ނުކުރެވޭނެ އެވެ.

އެހެންކަމުން އިނގިރޭސިވިލާތުން ވަނީ އީރާނުގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. މެކެއާ ހައްޔަރު ކުރުމަށް ފަހު ތިން ގަޑިއިރު ބެހެއްޓި އެވެ. އެކަމުގައި ފުރިހަމަ ޖަވާބެއް އީރާނުން ދޭން ޖެހޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.
ހިޔާލު

މަހުދީ

ބައިނަލަގުވާމީ ގާނޫނާ ހިލާފުކަމެއް ގައުމުތަކުގެ މީހުން ތަންތަނުން މެރުމަކީ