STO in Devondale promotion eh fashaifi
image
އެސްޓީއޯ ސުޕަމާޓް
0 ކޮމެންޓް
 

އެސްޓީއޯ އިން ޑެވޮންޑެލް ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ އިން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ އެކު "ބެކް ޓު ސްކޫލް"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މިޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން ރީތި ބިއްލޫރި ތައްޓެއް މުޅިން ހިލޭ ލިބެ އެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގައި ޑެވޮންޑެލް ފުލް ކްރީމް ކޭހެއް 170 ރުފިޔާ އަށް ގަންނަން ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

އޮސްޓްރޭލިއާގެ އުފެއްދުމެއް ކަމަށްވާ ޑެވޮންޑެލް ފުލް ކްރީމް ކޭހެއްގައި 24 ޕެކެޓް ހިމެނެ އެވެ.

ޑެވޮންޑެލް ކިރަކީ ސްކޫލް ކުދިން ހެނދުގެ ނާސްތާގައި އާންމުކޮށް ބޭނުންކުރަމުންދާ އުފެއްދުމެއް ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯ
ހިޔާލު