Arjun enmen dhahkaa vaahaka adu ahaa Ekamaku amalu kuranee eynaa beynunvaa gothah!
image
އަރްޖުން ކަޕޫރާއި މަލައިކާ--
0 ކޮމެންޓް
 

އަރްޖުން އެންމެން ދައްކާ ވާހަކަ އަޑުއަހާ، އެކަމަކު އަމަލުކުރަނީ އޭނާ ބޭނުންވާ ގޮތަށް!

އެންމެން ދައްކާ ވާހަކަތައް ވެސް އަޑުއަހާ ކަމަށާއި އެކަމަކު އަމަލުކުރަނީ އޭނާ އަމިއްލައަށް ބޭނުންވާ ގޮތަށް ކަމަށް ބޮލީވުޑުގެ ތަރި އަރްޖުން ކަޕޫރު ބުނެފި އެވެ.
އަރްޖުން މިހެން ބުނެފައި ވަނީ އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާއާ ކައިވެނިކުރުމަށް އާއިލާއިން ކުރާ ޕްރެޝަރާ ގުޅޭގޮތުން ޖަވާބުދެމުންނެވެ.

އަރްޖުން ބުނި ގޮތުގައި އެންމެން ދައްކާ ވާހަކަތައް އަޑުއެހުމަށް ފަހު ވެސް އަމިއްލައަށް ބޭނުންވާ ގޮތަށް ގޮތް ނިންމާތީ ބައެއް ފަހަރު ކަންކަމާއި ގުޅޭ މައުލޫމާތު އޭނާއާ ހިއްސާ ނުކުރެ އެވެ. އެކަމަކު އޭނާ ނިންމާ ނިންމުމަކީ ވެސް ރަނގަޅު ނިންމުމެއް ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށް ވެސް އަރްޖުން ބުނެ އެވެ.

އަރްޖުން އާއި މަލައިކާ ވެސް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވި އެވެ. އެހެންނަމަވެސް ކައިވެނި ކުރާނީ ކޮންއިރަކުކަން އަރްޖުންއެއް ވެސް ނުބުނެ އެވެ.

އޭގެ އިތުރުން އާއިލާގެ ބައެއް މެމްބަރުންނާއި ގުޅިގެން ވާހަކަ ދައްކަމުން އަރްޖުން ވަނީ އާއިލާއިން އެންމެ ބިޒީ ވާނީ އޭނާގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރު ކަމަށް ބުނެފަ އެވެ. އެގޮތުން އެންމެން އެއްތަންވެލައި ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ބައްޕަ ބިޒީ ކަމުން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ހާފް ގާލްފްރެންޑާއި ޓޫ ސްޓޭޓްސް އަދި ގުންޑޭ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަރްޖުންގެ ދެ ފިލްމެއްގެ މަސައްކަތް މިއަހަރު އެބައޮތެވެ.
ހިޔާލު