Zain ai Eshanya ulheni rahtehivegentha?
image
ޒައިން އާއި އިޝަންޔާ---
0 ކޮމެންޓް
 

ޒައިން އާއި އިޝަންޔާ އުޅެނީ ރައްޓެހިވެގެންތަ؟

ޓީވީ އިންޑަސްޓްރީގެ ކުޅަދާނަ އެކްޓަރު ޒައިން އިމާމާއި ސައުތު ފިލްމު އިންޑަސްޓްރީގެ އެކްޓަރެސް އިޝަންޔާ މަހޭޝްވަރީ އެޅެނީ ރައްޓެހިވެގެން ކަމަށް އަޑުތައް އަރައިފިއެވެ.
އެދެފަންނާނުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އަރާފައިވަނީ އާއަހަރު ފާހަގަ ކުރުމަށް ދެ ފަންނާނުން ތައިލެންޑަށް ދިއުމުންނެވެ. އަދި ދެމިހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނަ ކަން ފާހަގަވުމުގެ ސަބަބުންނެވެ.

އެކަމާ ގުޅިގެން އިންޑިއާގެ ނޫހަކުން ޒައިން އަށް ސުވާލު ކުރުމުން އޭނާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ އުމުރުން 31 އަހަރުގެ ޒައިން ވަނީ ޓީވީ ކެރިއަރު ފެށުމުގެ ކުރިން އިސްތިހާރުތަކުން ފެނިގެންގޮސްފައެވެ. އޭނާ ޓީވީ ކެރިއަރު ފަށާފައިވަނީ 2014 ވަނަ އަހަރު "ކޭސީ ޔޭ ޔާރިޔަން" އިންނެވެ.

އެއަށްފަހު އޭނާ ވަނީ 2015 އިން 2016 އަށް "ތަޝަން އީ އިޝްގް" ގައި މަސައްކަތްކޮށްފައެވެ. އަދި 2016 އިން 2017 އަށް "ޔޭ ވާދާ ރަހާ" ގައި ވެސް ޒައިން ވަނީ މަސައްކަތްކޮށްފައެވެ.

އޭނާ ވަނީ ސްޓާ ޕްލަސް އިން ދެއްކި ތިން ޝޯއެއް ކަމަށްވާ "އިޝްގްބާޒް" އާއި "ނާމްކަރަން" އަދި "އެކް ބްރަމް ސަރްވަގުން ސަންޕަންނަ" ގައި ވެސް މަސައްކަތްކޮށްފައެވެ.
ހިޔާލު