Nora ge mi photo thakah gina baehge loathah!
image
ނޯރާ---
0 ކޮމެންޓް
 

ނޯރާގެ މިފޮޓޯއަށް ގިނަ ބައެއްގެ ލޯތައް!

މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީގެ ފޮޓޯއަކަށް ގިނަ ބައެއްގެ ލޯތައް އަމާޒުވެއްޖެއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ނޯރާ ހިއްސާކުރި އެފޮޓޯއިން އޭނާ ފެނިގެންދަނީ ނޫކުލައިގެ ހެދުމެއް ލައިގެން ހުރި މަންޒަރެވެ. ގިނަ ބަޔަކަށް އެ ފޮޓޯ ކަމުގޮސްފައިވާއިރު މިއީ އޭނާ ބްރޭންޑެއް އިޝްތިހާރު ކުރުމަށްޓަކައި ނަގާފައި ހުރި ފޮޓޯތަކެކެވެ.



އަމިއްލައަށް ކޮރިއޮގްރާފްކުރަމުން އަންނަ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ވަނީ އެމްޓީވީން ދައްކަމުން އަންނަ ޝޯއެއްކަމަށްވާ ޑޭޓިން އިން ދަ ޑާކްގެ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއްކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށް ފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ފެނިފައިވާއިރު ދާދި ފަހުން އޭނާ ކުޅުނު "ސާކީ ސާކީ" ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ހިޔާލު