Harshvardhan aa rulhive, Kim mihaaru ulhenee Vishal aa rahtehivegentha?
image
0 ކޮމެންޓް
 

ހަރްޝްވަރްދަން އާ ރުޅިވެ، ކިމް މިހާރު އުޅެނީ ވިޝާލް އާ ރައްޓެހިވެގެންތަ؟

ބޮލީވުޑުގެ ބަތަލު ހަރްޝްވަރްދަން ރާނޭ އާއި މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ކިމް ޝަރްމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނު ކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ދެމީހުން އެކުގައި އުޅުމަށްފަހު މިހާރު އެދެމީހުން ވަކިވެފައެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އެފޮޓޯތަކުން ފެނިގެންދަނީ ކިމް އާއި މިއުޒިކް ކޮމްޕޯޒާ ވިޝާލް ދަދްލާނީ އެވެ.

އެގޮތުން އާންމުވި އެއް ފޮޓޯއިން ކިމް ވިޝާލްގެ ކޮލުގައި ބޮސްދޭ މަންޒަރުވެސް ފެނިގެންދެއެވެ. އެކަމާ ގުޅިގެން ގިނަބައެއްގެ ހިތުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ވިޝާލް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް އެކައިވެނި ވަނީ 2017 ވަނަ އަހަރުގައެވެ. ކިމް ވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފެއެވެ. އޭނާގެ ކައިވެނި ވަނީ 2016 ވަނަ އަހަރު ރުޅިފައެވެ.

ދޭހާސް ވަނަ އަހަރު ނެރުނު ފިލްމު "މޮހައްބަތޭއިން" ކިމް ބޮލީވުޑަށް ތައާރަފްވިއިރު އޭނާ ވަނީ ބޮލީވުޑު ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު