Haggu minvaru nulibey sababakah coalition: Coalition nimumakah gennanee?
image
ފޮޓޯ: އެމްޑީޕީ
އަބްދުﷲ ޔާމީން
3 ކޮމެންޓް
 

ހައްގު މިންވަރު ނުލިބޭ ސަބަބަކަށް ކޯލިޝަން: ކޯލިޝަން ނިމުމަކަށް ގެންނަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފައިވަނީ ބޮޑު ކޯލިޝަނަކާއި އެކު އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ހިމެނޭ ކޯލިޝަނެކެވެ. ކޯލިޝަން ހެދީ އޭރުއޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށެވެ. އެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.
ކޯލިޝަން ސަރުކާރެއްގައި އަމަލުކުރާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ގޮނޑިތައް ޕާޓީތަކަށް ބަހާލިއިރު، މަޖިލިސް އިންތިހާބުގައި ކޯލިޝަން ޕާޓީތަކުން އިންތިހާބުގައި ވާދަކުރީ ވަކިވަކިންނެވެ. އެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ.

ސަރުކާރަށް އަހަރެއްވެ، ދެވަނަ އަހަރު ގުނަމުންދާއިރު، ކުރިމަތީގައި އޮތީ ބޮޑު އިންތިހާބެކެވެ. ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެނެގަތުމަށް މުހިންމު އިންތިހާބެކެވެ. އެހެން ނަމަވެސް މި އިންތިހާބުގައި ވެސް ކޯލިޝަން ޕާޓީތަކުން ވާދަކުރަނީ ވަކި ވަކިންނެވެ.

މިވީހާތަނަށް އައި އިރު ސަރުކާރުގެ އަދި މަޖިލީހުގެ މަސައްކަތްތަކާއި މެދު ރައްޔިތުން އެންމެ ހިތްހަމަޖެހެއެކޭ ދެންނެވޭކަށް ނެތެވެ. ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ވައުދުވެ އެކަންކަން ނުކުރެވޭ ވާހަކަ ރައްޔިތުން އަންނަނީ ދައްކަމުންނެވެ. ބޯހިޔާވަހިކަން ހެޔޮ އަގުގައި ފޯރުކޮށްދިނުމާއި، ކުލީގެ މައްސަލަ އާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުންފަދަ މައްސަލަތަކެވެ. ނުވެ ހުރި ކަންކަމުގެ ވާހަކަ ރައްޔިތުން ފާހަގަކުރަނީ ކޯލިޝަން ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯ އާއި އެޖެންޑާ 19 ގެ ވައުދުތައް ބިލާހަކަށް ވެދާނެތީ އެވެ.

ކަންކަން ނުވުމުގެ ޒިންމާ ރައީސް ނަޝީދު އަޅުވަނީ ކޯލިޝަންގެ ބޮލުގައެވެ. ކޯލިޝަން އޮތުމުން ރައްޔިތުންނަށް ހައްގު މިންވަރު ނުލިބޭ ވާހަކަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ކޯލިޝަންގެ ބައެއް ވަޒީރުންގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެކެވެ. މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ މި ވާހަކަފުޅުތަކަކީ، ކޯލިޝަނަށް ބެލުމެއްނެތި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރައްވާނެ ކަމަށް ދެއްވި މެސެޖެކެވެ. އެކަމުގައި ވަޒީރުން ވަކިކުރަންޖެހުނަސް އެކަންވެސް ކުރައްވާނެ ކަން އަންގަވާ ދެންމެވި ރޮނގެކެވެ.
ހިޔާލު

ސޮއްބެ

ވެރިކަން ލިބުނީމަދެންތިބި މީހުން ބާކީ ކޮއްލަނީ ދެއްތޯ ހުދުމުހުތަަރު ... ބައިގަނޑު

ޝޮކްތެރަޕީ

ކަލެގެ ހައްގު މިންވަރަކީ އިގިރެސް ވިލަތް.

ހައްވާ

މި ނޫސްވެރީންނަކީ ވެސް މީހުން ދައްކާ ވާހަކަ މާނަކުރަން ހާދަ ކުޅަދާނަ ބައެކެވެ. މަޖުލިސްގެ މަސައްކަތަކީ ރޭވެފައި އަލިވިލޭއިރަށް ނިންމާލެވޭ މަސައްކަތެއްކަމަށް ނޫސްވެރިޔާ ގަބޫލު ކުރަނީ ތޯ ؟ 19 ވަނަ މަޖުލިސްލިހުގެ މަސައްކަތް ވަރަށް ރަގަޅެވެ. އަދި އެމަސައްކަތާމެދު ރައްޔިތެއްގެ ހަސިއްޔަތުން ހިތްހަމަޖެހެއެވެ. ތިބުނާ ބައެއް ބިލްތަކަކީ ރައްޔިތުންގެ އާއްމުދަނީއާއި އަދި ދިރިއުޅުމާއި އިކޮމިކަލީ ގޮތުން ވެސް އަންނަ އިންޕެކްޓްއާއި މެދު ވިސްނާ ދިރާސާ ކުރަންޖެހޭ ބިލަކަށްވާތީ އެކަމަށް އަދި ވެސް ވަގުތު ނަގާނެއެވެ. މީ ނޫސްވެރިޔާ ވެސް ނޭގި ލިޔެވޭ އެއްޗެއްތޯ ؟؟