Fun zahamakaa eku maruvefi oi meehaku Mulakun fenijje
image
މ. މުލައް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ފުން ޒަހަމަކާއި އެކު މަރުވެފައި އޮތް މީހަކު މުލަކުން ފެނިއްޖެ

މ. މުލަކުގައި ފުން ޒަހަމަކާއި އެކު މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮށްވާ ފެނިފައިވަނީ މ. މުލަކު / ލިލީވިލާ 44 އަހަރުގެ މުހައްމަދު އަބްދުއްރަހްމާނެ އެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، މ. މުލަކުގައި ވަޑާންގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 04:57 ހާއިރު ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެމީހާގެ ވާތްފަރާތު މޭމަތިން ވަރަށް ފުންކޮށް، ގާތްގަނޑަކަށް ނުވަ އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވާކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން
ހިޔާލު