Anekka ves ithuru meehaku himabihsah positive vejje
image
އައިޖީއެމްއެޗް---ފޮޓޯ:ރާއްޖެއެމްވީ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

އަނެއްކާ ވެސް އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދު ހިމަބިއްސަށް ޓެސްޓްކުރެވުނު 10 މީހުންގެ ތެރެއިން އެކަކު ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައި ވާކަމަށެވެ.ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކާއި، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެވި، މިވަގުތުން މިވަގުތަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން ލިބޭނެގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ހިމަބިއްސައް ދޭންޖެހޭ ވެކްސިންނުދީވާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ދިނުމަށް ހެލްތް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، އެއްވެސް ވަރަކަށް ހިމަބިހީގެ އަލާމާތެއް ފެނޭތޯ، ޞިއްހީ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރަސްމީ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަށް އެންމެހާ ފަރާތްތަކަށް މިނިސްޓަރ އަމީންވަނީ އިލްތިމާސްކުރައްވާފައެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިމަބިއްސައް ފަރުވާދޭ ސެންޓަރެއް މިރޭ ހުޅުމާލޭގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެކުރިން ރަސްމީކޮށް އިއުލާންކޮށްފައިވީ ނަމަވެސް ހިމަބިހި އަލުން ރާއްޖެއިން ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލައި މިހާރު އަމަލުކުރަމުން ދަނީ ރާއްޖޭގައި ހިމަބިހި "އައުޓްބްރޭކް" ވުމުން އަމަލުކުރަމުންދާ ގޮތަށެވެ.

މިމަހުގެ އަށް ވަނަ ދުވަހު ހިމަބިއްސަށް ޝައްކުކުރުނު އުމުރުން ތިން އަހަރުގެ ކުއްޖާ ވަނީ އެ ބައްޔަކަށް ޕޮޒިޓިވްވެފަ އެވެ. ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު އައިޖީއެމްއެޗުން ބުނާ ގޮތުގައި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އެކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވުމުންނެވެ.

އޭގެ ފަހުން 30 އަހަރުގެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވަނީ ވެފައެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވުނު އުމުރުން 17 އަހަރުގެ ކުއްޖާ އެބައްޔަށް ޓެސްޓު ކުރުމުން ވަނީ ނެގަޓިވް ކަމަށް ދައްކާފައެވެ.

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މަބިހި ޖެހެނީ "މީސްލްސް ވައިރަސް" ގެ ސަބަބުންނެވެ.
ހިޔާލު

ކެކެކެ

ހިމަބިހި ނެތް ގައުމެއްގެ ސްޓޭޓަސް އޮތީމަ އޯކޭވާނެ.