Addu ge resort ehgai dhevehsaku maruvefa ovvaa fenijje
image
ސައުތު ޕާމް ރިސޯޓު
0 ކޮމެންޓް
 

އައްޑޫގެ ރިސޯޓެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގައި އެންމެ ފަހުން ހުޅުވާ ހިދުމަތް ދޭން ފެށި ސައުތު ޕާމް ރިސޯޓުގައި ދިވެހި މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އޭނާ ޑިއުޓީ ނައިސްގެން ބެލިއިރު އޭނާ ނިދާ ކޮޓަރީގައި ހަރަކާތެއް ނެތި އޮތުމުން އޭނާއަށް ވެފައި އޮތް ބެލުމަށް ހުޅުމީދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

ފުލުހުން ބުނީ މިމައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:19 ހާއިރު ކަމަށެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރަށް އޭނާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން އިތުރަށް ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ސައުތު ޕާމް ރިސޯޓުގައި ސެކިއުރިޓީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ޕޮލިސް
ހިޔާލު