ads
ޖޮކޮވިޗް، ފެޑެރާ އަދި ނަދާލް؛ މި ތިން ކުޅުންތެރިންވެސް ފަންޑަށް އެހީވާނެ
ޓެނިސް ކުޅުންތެރިންނަށް އެހީވާން ފަންޑެއް
ކޮރޯނާ ވައިރަހާއި ގުޅިގެން އެކި ގޮތްގޮތުން ދަތިތަށް ކުރިމަތިވެފައިވާ ޓެނިސް ކުޅުންތެރިންނަށް އެހީތެރިވުމަށް އެސޯސިއޭޝަން ފޯ ޓެނިސް ޕްރޮފެޝަނަލްސް އޭޓީޕީ އަދި ވުމެންސް ޓެނިސް އެސޯސިއޭޝަން ޑަބްލިއުޓީއޭއިން ފަންޑަށް އެކުލަވާލައިފިއެވެ.

އޭޓީޕީ އަދި ޑަބްލިއުޓީއޭގެ އިސްނެގުމަށް އެކުލަވާލާ މި ޕްލެޔަރ ރިލީފް ޕްރޮގްރާމްގައި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން ފޯ ގްރޭންޑް ސްލޭމްސް، ދަ އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަންއިންވެސް ބައިވެރިވާނެއެވެ. މި ޕްރޮގްރާމްގައި ދުނިޔޭގެ އެންމެ މޮޅު ދުވިސައްތަ ފަންސާސް ކުޅުންތެރިންގެ ފަރާތުން ބައިވެރިވުން ކަށަވަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފަންޑު ހޯދުމުގެ ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ޖޮކޮވިޗް ހަރަކާތްތެރިވެއެވެ.

ކޮރޯނާއާއި ގުޅިގެން އެހެނިހެން ކުޅިވަރުތަކެކޭ އެއްގޮތަށް ޓެނިސްވެސް ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ޝަރަފުވެރި ޓެނިސް މުބާރާތްކަމަށްވާ، ވިމްބަލްޑަންވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް