ads
އިންޑިއާގައި އަޅަމުންދާ ކޭމްޕެއް-- ފޮޓޯ: ދުންޔާ ނިއުސް
އިންޑިއާގައި ރައްޔިތުކަން ގެއްލޭ މީހުން ބަންދު ކުރަން ކޭމްޕުތަކެއް އަޅަނީ!
އިންޑިއާގެ ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ރައްޔިތުކަން ގެއްލޭނެ ކަމަށް ބެލެވުމާއެކު، އެމީހުން ހައްޔަރު ކުރުމަށް ޑިޓެންޝަން ކޭމްޕުތައް އަޅަން ފަށައިފި އެވެ.
އިންޑިއާގެ ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ރައްޔިތުކަން ގެއްލޭނެ ކަމަށް ބެލެވުމާއެކު، އެމީހުން ހައްޔަރު ކުރުމަށް ޑިޓެންޝަން ކޭމްޕުތައް އަޅަން ފަށައިފި އެވެ.

ދަ އިންޑެޕެންޑެންޓް ނޫހުގައިވާ ގޮތުން އިރުއުތުރު އައްސާމް ސްޓޭޓުގެ 1.9 މިލިއަން މީހުން ވަނީ މިދިޔަ އޯގަސްޓް މަހު، އެ ސްޓޭޓުގެ ނޭޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް އިން އުނިކޮށްފަ އެވެ.

އެ ލިސްޓުން ނަން އުނިކުރި މީހުންނަށް، އެ ނިންމުން އިސްތިއުނާފް ކުރެވޭނެ އެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ބުނެފައި ވަނީ އެ ނިންމުމަކީ ގިނަ ބަޔަކު ރެފިއުޖީންނަށް ވެގެން ދާނެ ނިންމުމެއް ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ލިސްޓުން އުނިކުރި އެންމެންނަކީ އަވައްޓެރި ބަންގްލަދޭޝުން ހިޖުރަކުރި މީހުންނެވެ.

ސަރުކާރުގެ ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އަލަށް އުފެއްދި ރެޖިސްޓާގެ ސަބަބުން އެ ސްޓޭޓުގައި އެތައް އަހަރެއް ގާނޫނާ އެއްގޮތަށް އުޅެމުން އައި މުސްލިމުންގެ ދިރިއުޅުމަށް އަސަރު ކުރާނެ ކަމަށެވެ.

ރައްޔިތުކަން ގެއްލޭ މީހުން އިސްތިއުނާފަށް ހުށަހަޅާއިރު، އެމީހުންގެ އާއިލާތަކުން އިންޑިއާގައި ވަޒަންވެރިވިއިރު ބޭނުން ކުރި ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ.

އެކަމަކު އެ ލިޔުންތަކަކީ އެތައް އަހަރެއް ކުރީގެ ތަކެއްޗަށް ވުމާއި ލިޔެކިޔުން ގަވާއިދުން ބަލަހައްޓަން އިންޑިއާގެ ފަގީރުން މާ ބޮޑު ސަމާލުކަމެއް ނުދޭތީ، ގިނަ މީހުންނަށް އިސްތިއުނާފަށް ހުށަހެޅޭނެ ކަމަކަށް ނުބެލެވެ އެވެ.

ގޯލްޕާރާ އަވަށުގައި ދިރިއުޅޭ މަލަޓީ ހަޖޯންގް ނަމަކަށް ކިޔާ މީހަކު ރޮއިޓާޒް ނޫހަށް ބުނީ އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ އަތުގައި އުފަންދުވަހުގެ ސެޓްފިކެޓް ނެތް ކަމަށެވެ.

ގޯލްޕާރާގައި ހަދަމުންދާ ޑިޓެންޝަން ކޭމަޕަކީ ސަރުކާރުން އަޅަމުންދާ މަދުވެގެން 10 ކޭމްޕުގެ ތެރެއިން އެއް ކޭމްޕު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އެ ކޭމްޕަކީ ހަތް ފުޓްބޯޅަ ދަނޑު ވަރުގެ ކޭމްޕެއް ކަމަށާއި އެތަން ހަދަމުން ދަނީ 3000 މީހުން ބަންދު ކުރަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެތަނުގެ ތެރޭގައި ސްކޫލަކާއި، ހޮސްޕިޓަލަކާއި، ސެކިއުރިޓީ ވޮޗް ޓަވަރާއި، ވަށައިގެން އުސް ފާރެއް ރާނަން ވަނީ ނިންމާފަ އެވެ.

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަމާޒަކީ އައްސާމްގެ މުސްލިމުންނަށް އަމާޒު ކުރުން ކަމަށެވެ.

އެކަމަކު ސަރުކާރުން ބުނަނީ ހުރިހާ ކަމެއް ކުރަމުން ދަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން ކަމަށެވެ.

އިންޑިއާގެ އިތުރުން ޗައިނާގައި ވެސް މިފަދަ ކޭމްޕުތަކެއް ދަނީ ހިންގަމުންނެވެ. ޗައިނާއިން އެ ކޭމްޕުތަކުގައި ބަންދުކޮށްފައި ވަނީ އުއިގްހޫރް މުސްލިމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް