ads
ގުޅީފަޅަށް ބަދަލުކުރި ބިދޭސީންނަށް ހާއްސަކޮށް ޕްރޮގްރާމްތަކެއް ހިންގަނީ
ކޮވިޑް-19 އާ ގުޅިގެން ގުޅީފަޅަށް ބަދަލު ކުރި ބިދޭސީންނަށް ހާއްސަކޮށް ޕްރޮގްރާމް ތަކެއް ހިންގުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ގުޅީފަޅު ކަރަންޓީން ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ބިދޭސީންނަށް ހާއްސަކޮށް ޕްރޮގްރާމް ތަކެއް ހިންގުމުގެ މަސައްކަތްތައް ފެށުމުގެ ގޮތުން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ގުޅީފަޅު ކަރަންޓީން ފެސިލިޓީ އަށް ވަޑައިގަން އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. 

މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ ގުޅިގެން، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގުޅީފަޅު ކަރަންޓީން ފެސިލިޓީއަށް ގެންދެވުނު ބިދޭސީ މަސައްކަތްތެރިންނަށް ސައިކޯ ސޯޝަލް ޕްރޮގްރާމަކާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ބިދޭސީީންނަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދެ މިނިސްޓްރީގެ އިސްބޭފުޅުން ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. 

ރާއްޖޭގައި އެތައް ހާސް ބިދޭސީންނެއް ދިރިއުޅެމުން އަންނައިރު މީގެ ތެރެއިން ގިނަ ބަޔަކު އުޅެމުން އަންނަނީ ތޮއްޖެހިގެންނެވެ. މިހެންވެ ކޮވިޑް-19 އިން ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބިދޭސީންނަށް ހާއްސަ ކަރަންޓީން ފެސިލިޓީތަކެއް ގާއިމްކޮށްފަ އެވެ.  

އެގޮތުން ގުޅީފަޅުގައި 665 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 700 އެއްހާ ބިދޭސީންނަށް ވަނީ ކަރަންޓީން ފެސިލިޓީއެއް ގާއިމް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް