ads
އިޓަލީ--
ކޮވިޑް-19: އިޓަލީގައި 30،000 މީހުން މަރު ވެއްޖެ
އިޓަލީގައި ކޮވިޑް-19 ގެ ސަބަބުން މަރުވި މީހުންގެ އަދަދު 30،000 އަށް އަރައިފި އެވެ.

އިޓަލީ އަކީ ދުނިޔޭގެ ގައުމު ތަކަށް ބަލައިލާ އިރުގައި، ކޮވިޑް-19 ގެ ސަބަބުން 30،000 އަށް ވުރެ ގިނަ މީހުން ރިޕޯޓު ކޮށްފައިވާ ތިން ވަނަ ގައުމެވެ. މިއަދު އެ ގައުމުން 243 މީހުންގެ މަރު ރިޕޯޓު ކޮށްފައިވާއިރު، ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ 274 މީހުން މަރުވި ކަމަށް ރިޕޯޓު ކޮށްފަ އެވެ.

އިޓަލީ ގައި ކޮވިޑް-19 ގެ ސަބަބުން މުޅިއަކު 30،201 މީހުން މަރުވި ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިޓަލީގެ ބޭރުން 30،000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓު ކޮށްފައި ވަނީ އެމެރިކާ އަދި އިނގިރޭސި ވިލާތުންނެވެ. އެމެރިކާ ގައި 76،740 މީހުން ކޮވިޑް-19 ގެ ސަބަބުން މަރުވެފައިވާއިރު، އިނގިރޭސި ވިލާތުގައި 31،241 މީހުން ވަނީ ވައިރަހުގެ ސަބަބުން މަރުވެފަ އެވެ.

އިޓަލީ އަކީ ޔޫރަޕުގެ ގައުމު ތަކުން ކޮވިޑް-19 އެންމެ ފުރަތަމަ އެންމެ ބޮޑަށް ފެތުރުނު ގައުމެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ގައުމު އެއްކޮށް ލޮކްޑައުން އަކަށް ގެނައި އެއް ގައުމަކީ ވެސް އިޓަލީ އެވެ. 

މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުން ވައިރަސް ފުރަތަމަ ފެނިގެންދިޔަ ހިސާބުން، ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ކުރިއާއި ބަލާފައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް