ads
ޔޫކޭ ލޮކްޑައުން އަމުރަށް ލުއިތަކެއް ދެނީ
އިނގިރޭސި ވިލާތު ގައި ގާއިމް ކޮށްފައިވާ ލޮކްޑައުން އަމުރަށް ލުއި ދިނުމަށް ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިނގިރޭސި ވިލާތުގައި ގާއިމް ކޮށްފައިވާ ލޮކްޑައުން އަމުރަށް ކޮންމެސް ވަރެއްގެ ލުޔެއް އަންނަ ހަފްތާއިން ފެށިގެން ދޭން ވިސްނާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަންނަ އާދީއްތަ ދުވަހު މިކަމާއި ގުޅޭ ގޮތުން އެ ގައުމުގެ ރައްޔިތުންނާއި މުހާތަބު ކުރުމަށް ހަމަޖެހިފައިވާ އިރު، ލޮކްޑައުން އަށް ކުޑަ ލުޔެއް ދިން ކަމުގައިވީ ނަމަވެސް ބޮޑޫ ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އެންވައަރަމަންޓް ސެކްރެޓަރީ ޖޯގް ޔޫސްޓިސް ވަނީ ވިދާޅުވެފަ އެވެ.

ޔޫސްޓިސް ވިދާޅުވީ ބަލިމަޑު ކަމެއްގެ ތެރޭގައި އަދި ދިރިއުޅެން ޖެހިދާނެ ކަމަށެވެ. އަދި އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދޭން ޖެހޭނީ ވަރަށް ބޮޑަށް ބަލާފައި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން، އަދިވެސް ކުރިމަތި ލާން ޖެހޭ ބޮޑެތި ގޮންޖެހުން ތަކެއް އެބަ ހުރި ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑ-19 އާއި ގުޅިގެން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސި ވިލާތުގައި، 31،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް