ads
ރުޕާޓް އަދި ޖޯޖިއާ---
"ހެރީ ޕޮޓާ" ތަރި ރުޕާޓް ގްރިންޓް އަށް ދަރިއެއް ލިބިއްޖެ
މަޝްއޫރު ފިލްމު ސީރީސް "ހެރީ ޕޮޓާ" އިން ފެނިގެން ދިޔަ ރުޕާޓް ގްރިންޓް އަށް ދަރިއެއް ލިބިއްޖެ އެވެ.

ގިނަ ބައެއްގެ މެދުގައި މަގްބޫލު ވެގެން ދިޔަ ފިލްމެއް ކަމަށްވާ ހެރީ ޕޮޓާގެ އެންމެ މުހިންމު އެއް ރޯލް އަދާ ކޮށްފައިވާ މަޝްއޫރު ތަރިއެއް ކަމަށްވާ ރުޕާޓް ގްރިންޓް އަދި އޭނާގެ ލޯބިވެރިޔާ ޖޯޖިއާ ގްރޫމް އަށް އަންހެން ދަރިއެއް ލިބިއްޖެ ކަމަށް ބޭރުގެ ހަބަރު ތަކުން ރިޕޯޓު ކޮށްފި އެވެ.

ޔޫއެސްއޭ ޓުޑޭ އިން ރިޕޯޓު ކުރާ ގޮތުގައި އެ ހަބަރު އެމީހުން ހިއްސާ ކޮށްފައިވަނީ ފާއިތުވެ ދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ. 

ޕަބްލިސިސްޓެއް ކަމަށްވާ ކްލެއާ ޑޮބްސް ޔޫއެސްއޭ ޓުޑޭ އާއި ވާހަކަ ދައްކަމުން ބުނީ ރުޕާޓް އަދި ޖޯޖިއާ އަށް ދަރިއެއް ލިބުމުން ވަރަށް އުފާވެފައިވާ ކަމަށެވެ. އަދި މިކަހަލަ ހާއްސަ ދުވަސް ކޮޅެއް އެ ދެމީހުން ބޭނުންވަނީ ގާތް މީހުންނާއި އެކީ ފާހަގަ ކުރުމަށް ކަމަށާއި އެމީހުންގެ އެދުމަށް އިހްތިރާމް ކުރުމަށް ވަނީ އެދިފަ އެވެ.

ރުޕާޓް އަދި ޖޯޖިއާ އަށް ދަރިއެއް ލިބެން އުޅޭ ކަމުގެ ހަބަރު ފުރަތަމަ އާންމު ކޮށްފައިވަނީ ނިމިގެން ދިޔަ އޭޕްރިލް މަހުގެ އެވެ. މިއީ 31 އަހަރުގެ ރުޕާޓް އަދި 28 އަހަރުގެ ޖޯޖިއާ އަށް ލިބުނު ފުރަތަމަ ދަރިއެވެ.

ރުޕާޓް އެންމެންނަށް ހެރީ ޕޮޓާއިން އެނގިގެން ދިޔަ އިރު ޖޯޖިއާ ވެސް ވަނީ 'ލަންޑަން ޓު ބްރައިޓަން' އަދި 'އެންގަސް، ތޮންގްސް އެންޑް ޕާފެކްޓް ސްނޮގިން' ފަދަ ފިލްމު ތަކުން ފެނިގެން ގޮއްސަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް