ads
ކަސްރަތު ކުރަނީ--
ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ކަސްރަތު މުހިންމު
މުޅި ގައުމު އެއްކޮށް ލޮކްޑައުންގެ ހާލަތަކަށް ގޮއްސަ ވާ މިކަހަލަ ދަނޑިވަޅެއްގައި ގޭގައި ތިބެގެން ނަމަވެސް ކަސްރަތު ކުރުމަކީ މީހާގެ ދިފާއީ ނިޒާމް ވަރުގަދަކޮށްލަ ދޭނެ ކަމެއް ކަމުގައި ފަހުގެ ދިރާސާ ތަކުން ދައްކައެވެ.

ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމު ތަކަށް ފެތުރިފައިވާއިރު، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ގައުމު ތަކުގައި ވަނީ ލޮކްޑައުން ކޮށްފަ އެވެ. ހަމަ އެގޮތަށް ރާއްޖޭގަ ވެސް މި ވަނީ ލޮކްޑައުން ކޮށް ގެއިން ނިކުމެ ނޫޅުމަށް އަންގާފަ އެވެ. 

މިކަހަލަ ދަނޑިވަޅެއްގައި ބޭރަށް ދުވަން ނުވަތަ ޖީމް އަށް ކަސްރަތު ކުރަން ނުދެވެން ފެށުމުން ގިނަ ބަޔަކު ކަސްރަތު ކުރުން ހުއްޓާލާ ކަމަށް ޔުނިވާސިޓީ އޮފް ބާތު އިން ކޮށްފައިވާ ދިރާސާއެއްގައި ވެއެވެ. ނަމަވެސް ގޭގައި ތިބެން ޖެހުނު ކަމުގައިވީ ނަމަވެސް ގަވައިދުން ކަސްރަތު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މީހާގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްލަދޭ ކަމެއް ކަމަށް އެ ދިރާސާގައި ވެއެވެ.

ޑރ. ޖޭމްސް ޓާނާ އާއި ޑރ. ޖޯން ކެމްބަލް އެމީހުން ކޮށްފައިވާ ދިރާސާ އަށް އަލިއަޅުވާލަމުން ބުނީ، ވައިރަހުން ރައްކާތެރި ވެވޭނެ އެންމެ ފަސޭހަ ގޮތަކީ ގައިދުރުކަން ބަހައްޓާ، އެކަހެރި ވެލުން ކަމަށެވެ. އަދި އިތުރަށް ހަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުން ނަމަ ގޭގައި އެކަނި ނަމަވެސް ކަސްރަތު ކުރުމުން މީހާގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭނެ ކަމަށެވެ. 

މިގޮތުން، ދުވާލެއްގެ މަތިން އެހާ ގިނައިން ކަސްރަތު ނުކުރި ކަމުގައިވީ ނަމަވެސް ގަވައިދުން ކުދި ކުދި ކަސްރަތު ގޭގައި ކޮށްލުމުން ފައިދާ ވާނެ ކަމަށް ދެ ޑޮކަޓަރުން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން، 150 މިނެޓު ވަންދެން މާ ބޮޑަށް ވަރުބަލި ކޮށްނުލާނެ ފަދަ ކަސްރަތެއް ގޭގައި ކޮށްލުމަށް ދެ ޑޮކްޓަރުން ވެސް ވަނީ އިރުޝާދު ދީފައެވެ. އަދި ކަސްރަތު ކުރުމަށް ފަހު ސާފު ތާހިރުވެ، ސާފްތާހިރު ކަމަށް އިސްކަންދީ ގިނަ ގިނައިން އަތް ދޮވެ ހެދުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެއް ގޮތުގަ ޑޮކްޓަރުން ފާހަގަކޮށްފައި ވެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް