ads
އަޖޭ ދޭވްގަން އާއި ކާޖޮލް
އަޖޭ އާއި ކާޖޮލްގެ ދުވަސްވީ ފޮޓޯއެއް!
އަޖޭ ދޭވްގަން އާއި ކާޖޮލް އަކީ ބޮލީވުޑް މަޝްހޫރު ޖޯޑެކެވެ. ކައިވެނިކޮށްގެން އުޅޭތާ 21 އަހަރުވެފައިވާ މި ދެމަފިރިންގެ ލޯބި އަދިވެސް ފަޑުނުވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުންގައި އޮތް އިރު މިދެތަރިން ދަނީ ގޭގައި ތިބެގެން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުންނެވެ. އެގޮތުން ސޯޝަލް މިޑިއާ މެދުވެރިކޮށް ފޭނުންނާއި އެކު ގުޅުން ބަދަހިކުރަމުންދާއިރު، އަޖޭ ވަނީ ދާދި ފަހުން އޭނާ އާއި ކާޖޮލްގެ ވަރަށް ކުރީގެ ފޮޓޯ އެއް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފަ އެވެ. 

ހުދާ ކަޅުގެ މިފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އަޖޭ ފޮޓޯ އާއި އެކު ޕޯސްޓް ކުރި ކެޕްޝަންއެވެ. އޭނާ ބުނެފައި ވަނީ މިހާރު ލޮކްޑައުން ފެށުނުތާ 22 އަހަރުވެއްޖެ ހެން ހީވާ ކަމަށެވެ. 

ލޮކްޑައުންގެ ސަބަބުން ގޭގައި ގިނަ ވަގުތު ތަކެއް ހޭދަކުރަން ޖެހުމުން ކާޖޮލް އާއި އޭނާގެ ފޭނުންނާއި ދެމެދު ޓްވިޓާގައި ދެކެވުނު ވާހަކަ ތަކެއްގައި ކާޖޮލް ވަނީ އަދިވެސް އަޖޭ އޭނާ އަށް ކާއެއްޗެއް ކައްކަދޭން ނޫޅޭ ކަމުގެ ޝަކުވާ ކޮށްފައެވެ. ކާޖޮލް ބުނީ އަޖޭ އޭނާ އަށް ކައްކަދޭނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރާ ކަމަށާއި އެހެންނަމަވެސް އަދިވެސް ބަދިގެއަށް ވަންނަ ހިޔާލު އަޖޭ ނުކުރާކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް