ads
ކޭ ލީގުގެ ކުޅުން ފެށިފައި، ހުސް ސްޓޭޑިއަމްގައި
ހުސް ސްޓޭޑިއަމްގައި ކޮރެއާ ލީގުގެ ކުޅުން ފަށައިފި
ކޮވިޑާއި ގުޅިގެން މެދު ކަނޑާލާފައިވާ ސައުތު ކޮރެއާގެ ލީގު- ކޭ ލީގުގެ ކުޅުން ހުކުރު ދުވަހު އަލުން ފަށައިފިއެވެ. ލީގު އަލުން ފެށީ، ސަޕޯޓަރުން ދަނޑަށް ނުވައްދައި ހަމައެކަނި މެޗު ބްރޯޑްކާސްޓްކުރާ ގޮތަށެވެ.

މާރިޗު މަހު މެދު ކަނޑާލި ކޭ ލީގުގެ ކުޅުން ހުކުރު ދުވަހު އަލުން ފެށިއިރު، ސަޕޯޓަރުންގެ ގޮނޑިތައް ހުރީ ހުސްކޮށެވެ. އެހެންނަމަވެސް ގޮނޑިބަރީގައި، "ވަރަށް އަވަހަށް ބައްދަލުކުރާނަން- ރައްކާތެރިވެ ތިބޭ" މި ފަދައިން ލިޔެފައިވެއެވެ.

މެޗު ކުރިއަށް ދިޔައިރު ހުރިހާ އޮފިޝަލުން ތިބީ މޫނު މަތީގައި މާސްކް އަޅައި ރައްކާތެރިވެގެންނެވެ. ބެންޗުގައި ތިބި ކުޅުންތެރިންވެސް ތިބީ، މާސްކް އަޅައިގެންނެވެ. ދަނޑުމަތީގައި ކުޅެން އަރާ ތިބި ކުޅުންތެރިން މާސްކް އަޅާފައި ނެތްނަމަވެސް އެއް ވެސް ކުޅުންތެރިއެއް ސަލާމްކޮށްފައެއް ނުވެއެވެ. މީގެ އިތުރުން މި މެޗުގައި ފާހަގަކޮށްލެވުނު އެއް ކަމަކީ، ސަޕޯޓަރުން ދަނޑުގައި ނެތް ނަމަވެސް، ސަޕޯޓަރުންގެ އަޑު ރިކޯޑްކޮށް ދަނޑުގައި އިއްވާފައިވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް