ads
"ސްޓްރީޓް ޑާންސާ 3D"ގެ ޓްރެއިލާ ނެރެފި
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާ ގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D" ގެ ޓްރެއިލާ ނެރެފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D" ގެ ޓްރެއިލާ ނެރެފި އެވެ.

ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ އިއްޔެ އެވެ.

ދެ މިނެޓާއި 52 ސިކުންތުގެ މި ޓްރެއިލާ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު ގިނަ ބަޔަކު ތިބީ އަހަރެއް ފަހުން ވަރުން އާއި ޝްރައްދާ އެކުގައި ފެނިގެންދާތީ ވަރަށް އުފަލުންނެވެ.


މި ދެ ފަންނާނުންގެ އިތުރުން މި ފިލްމުގައި ޕުރަބޫދެވާ، ރާގަވް، ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ.

މި ހަތަރު މީހުން ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ. މި ފަންނާނުންގެ އިތުރުން ފިލްމުގައި ދެވަނަ ލީޑު ރޯލަކުން ނޯރާ ފަތޭހީ ވެސް ފެނިގެންދާނެ އެވެ. އަދި ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް