ads
ވެމްކޯގެ މުވައްޒިފުން ކުނި ގެންދަނީ---ފޮޓޯ:ރާއްޖެއެމްވީ
ވެމްކޯގެ މުވަޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ވެމްކޯ އިން ކުރި ޓްވީޓެއްގައި ބުނީ އެކުންފުނީގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މުވައްޒަފާ ކޮންޓެކްޓްވި މީހުން އައިސޮލޭޓްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާފައިވާކަމަށެވެ. 

ވެމްކޯ އިން ވަނީ ބައްޔަށް ޕޮޒިޓިވްވި މުވައްޒަފަށް އަވަސް ޝިފާއަކަށް ވެސް އެދިފަ އެވެ.

ވެމްކޯ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެކުންފުނީގެ މުވައްޒަފުންނަކީ ފްރޮންޓްލައިންގަވެސް މަސައްކަތްކުރަމުން އަންނަ މުވައްޒަފުން އުޅޭ ކުންފުންޏެއް ކަމުން ވަނީ ދުރާލާ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. 

އެހެންކަމުން ކުނި ނެގުމުގައި ވެސް ވަކި އުސޫލެއްގެ ދަށުން އަމަލުކުރުމުން އަންނައިރު ކުނި ކޮތަޅާ ވެމްކޯއިން މުވައްޒަފުން ހަވާލު ވަނީ ގޭގެ ބޭރަށް ނެރުމުންނެވެ. އަދި ކުނި ދެ ކޮޅަތަށް ލުމަށް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް